ވިޔަފާރި

ފްލައިމީގެ ތިންވަނަ ބޯޓު ރާއްޖެ ގެނެސްފި

Feb 9, 2015
1

ވިލާ އެއާއިން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އެ ކުންފުނީގެ ތިން ވަނަ ބޯޓު އިއްޔެ ރާއްޖެ ގެނެސްފި އެވެ.

ފްލައިމީން ބުނި ގޮތުގައި 68 ފަސިންޖަރުންގެ މި ބޯޓު ރާއްޖެ ގެނެސްފައިވަނީ ސިވިލް އޭވިއޭޝަންގެ ހުއްދަ ހޯދުމަށްފަހު ކަމަށެވެ. އަދި ހުއްދަ ލިބުނުހާ އަވަހަކަށް މި ބޯޓުގެ އުދުހުންތައް ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ފްލައިމީގެ ބޯޓުތަކުގެ އަދަދު އިތުރުވުމާއި ގުޅިގެން މިހާރު ދަތުރުކުރާ މަންޒިލްތަކަށް މާކެޓުގެ ޑިމާންޑަށް ބަލައި އިތުރު ދަތުރުތައް ތާވަލް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ސަބަބުން ފްލައިމީން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެ، ފްލައިމީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ،" ފްލައިމީން ބުންޏެވެ.

ފްލައިމީ އިން މި ފަހަރު ގެނެސްފައިވަނީ އޭޓީއާރު 75-500 މަރުކާގެ ބޯޓެކެވެ. މި ފްލައިޓް ރާއްޖެ ގެނެސްފައިވަނީ އެ ކުންފުނީގެ ޓެކްނިކަލް ޑިރެކްޓަރު އަބްދުﷲ ނަޝީދާއި ޑެންމާކުގެ ދެ ޕައިޕެޓުންނާއި އިންޖިނޭރެއްގެ އެހީތެރިކަމާއި އެކުގަ އެވެ.