ބޮލީވުޑް

"މޮހެންޖޯ ޑަރޯ" އަހަރެންގެ އެންމެ މޮޅު ފިލްމަށް ވާނެ: ރިތިކް

May 29, 2016
1

ރިތިކް ރޯޝަންގެ "ބޭންގް ބޭންގް" 2014 ވަނަ އަހަރު ރިލީޒްވި ފަހުން އޭނާގެ އިތުރު ފިލްމެއް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ނިކުމެފައެއް ނުވެ އެވެ.

ފާއިތުވެ އަހަރެއްހާ ދުވަހު ރިތިކް ބުރަކޮށް އުޅެމުން އައިސްފައިވަނީ ޑައިރެކްޓަރު އާޝުތޯޝް ގޮވަރިކާގެ ފިލްމު "މޮހެންޖޯ ޑަރޯ" ގެ މަންޒަރުތައް ނެގުމުގަ އެވެ.

އެންމެ ފުރަތަމަ ދުނިޔޭގައި އުޅެން ފެށި ދުވަސްވަރުގެ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ ރިތިކްގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށް އޭނާ ބުނެފި އެވެ. ރިތިކް ވަނީ މިފިލްމާއެކު އޭނާ އަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ހިނގައްޖެ ކަމަށާއި މިފިލްމު ކުޅުމަށް އޭނާ ވަނީ އެތަކެއް އަހަރެއް ފަހަތަށް ދަތުރުކޮށްފައި ކަމަށް ބުނެފަ އެވެ.

"އަހަރެން އުންމީދުކުރަނީ ބެލުންތެރިންނަށް މިފިލްމު ކަމުދާނެ ކަމަށް" ރިތިކް ބުނެފައިވެ އެވެ.

"މޮހެންޖޯ ޑާރޯ" ގައި ރިތިކް އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވާ ޕޫޖާ ހެގްޅޭ އެވެ.

އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި ރިތިކްގެ ގިނަ އެކްޝަން މަންޒަރުތަކާއި ތަޅާފޮޅާ މަންޒަރުތައް ފެނިގެންދާނެ އެވެ.

ރިތިކް މިހާރު އަންނަނީ "ކާބިލް" ގެ މަންޒަރުތައް ޔަމީ ގޯތަމީ އާއެކު ނަގަމުންނެވެ.