ރާއްޖެ ކުޅިވަރު

ލިވަޕޫލްގެ ޔޫތު ޓީމަށް ކުރިން ކުޅުނު ފޯވަޑެއް ނިއު އަށް ސޮއިކޮށްފި

ލިވަޕޫލްގެ ޔޫތު ޓީމަށް ކުރިން ކުޅުނު ފޯވަޑް ފޯވަޑް ޑޭވިޑް މޯލީ ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.

ނިއު އަށް މޯލީ ،20، ސޮއިކޮށްފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް ކަށަވަރުވި ނަމަވެސް، ނިއު އިން ރަސްމީކޮށް އެކަން ޔަގީންނުކޮށްދެ އެވެ. ނިއު އިން ބުނީ ކްލަބުގެ ވެބްސައިޓް އިން ކްލަބާ ގުޅޭ ހުރިހާ ހަބަރުތަކެއް އާންމުކުރާނެ ކަމަށެވެ. މި ހަފުތާގެ ތެރޭގައި މޯލީ ނިއުއާ ގުޅޭނެ އެ ކްލަބުގެ އޮފިޝަލެއް ބުންޏެވެ.

ލިވަޕޫލްގެ ކޯޗަކަށް ސްޕެއިންގެ ރަފައެލް ބެނިޓޭޒް ހުރިއިރު މޯލީ ލިވަޕޫލަށް ގުޅުނީ ލޫޓަން އިންނެވެ. މޯލީ ވަނީ ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމަށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް އުފަން މޯލީ ވަނީ އިންގްލެންޑްގެ 16 އަހަރުން ދަށުގެ ޓީމާއި 17 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.

މޯލީ ވަނީ ވުލްވްސް އަށް ވެސް ކުޅެފަ އެވެ. އެންމެ ފަހުން މޯލީ ކުޅުނީ އިނގިރޭސި ފަސް ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ބޯރްހެމްވުޑްއަށެވެ.

ޕީޕަލްސް ކަޕްގައި ކުރިމަތިިވި ނާކާމިޔާބާ ގުޅިގެން، ނިއު އިން ވަނީ އެ ޓީމަށް ގެނައި ބްރެޒިލްގެ ދެ ފޯވަޑުންނާއި ސްޕެއިންގެ ގޯލްކީޕަރު ދޫކޮށްލައިފަ އެވެ. އަދި އެ ޓީމަށް ކުޅެމުންދިޔަ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު ވެސް ވަނީ ނިއު އިން ދޫކޮށްލައިފަ އެެވެ.