ހަބަރު

ހުރަވީ ބިލްޑިންގުން ކޮންކްރީޓް ގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ހުރަވީ ބިލްޑިންގުން ކޮންކުރީޓު ގަނޑެއް ވެއްޓި ދުވަސްވީ މީހަކަށް އަނިޔާ ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިއަދު މެންދުރު 1:30 ހާއިރު ހުކުރު މިސްކިތާއި ހުރަވީ ބިލްޑިންގާ ދެމެދު އޮންނަ ހިމަ ގޯޅިގަނޑުގަ އެވެ. ހުރަވީ ބިލްޑިންގުން ކޮންކްރީޓު ގަނޑެއް ނައްޓައިގެން އައިސް ޖެހިފައި ވަނީ އެ ސަރަހައްދު ހިނގާފައި ދިޔަ ދުވަސްވީ މީހެއްގެ ކޮޑުހުޅުގައި ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ.

ފުލުހުން ބުނީ ހުރަވީ ބިލްޑިންގްގެ ސީޓްގަނޑެއް މަގުމައްޗަށް ވެއްޓި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ބުނީ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

އޭނާގެ އަތަށް ތަދުވާތީ ވަނީ ހޮސްޕިޓަލަށް ގޮސްފަ އެވެ. ހުރަވީ ބިލްޑިންއަށް 30 އަށް ވުރެއް ގިނަ އަހަރުވެފައިވާ އިރު އެ އިމާރަތް ވަނީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ކުރަން ޖެހިފައެވެ.