ހަބަރު

އިންތިގާލީ ސަރުކާރަކަށް ގޮވާލައި، އިދިކޮޅު ޝެޑޯ ކެބިނެޓް އިއުލާން ކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން، މިހާރު އޮތް ސަރުކާރު އުވާލައި، އިންތިގާލީ ސަރުކާރެއް އުފައްދަން ގޮވާލައި، ހިޔަނި ކެބިނެޓެއް، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން އިއުލާން ކޮށްފި އެވެ.

އެ އެ ހަރަކާތް އިފްތިތާހު ކޮށް އިިދިކޮޅު ލީޑަރުން ގަރާރުގައި ސޮއި ކުރުމަށް މިއަދު ލަންޑަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2018ގެ އިންތިހާބުގެ ކުރިން އިންތިގާލީ ސަރުކާރެއްގައި އެކުލާވާލަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ އެންމެން ގަބޫލު ކުރާ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ހަމައެކަނި މަގަކީ އެއީ ކަމަށް ވާތީ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ސަރުކާރުގެ ބޭނުމަކަށް ވާނީ އިންތިހާބުގެ ކުރިން ޝަރުއީ ދާއިރާ އިސްލާހުކޮށް ޑިމޮކްރަސީ އަނބުރާ އިޔާދަކޮށް ގާނޫނީ ހަމަތައް ނެގެހެއްޓުން ކަމަށެވެ.

"އަޅުގަނޑު އިންމީދު ކުރަން 2018ގެ ކުރިން އިންތިގާލީ ސަރުކާރުން ޑރ. މުހައްމަދު ޖަމީލް ފެންނަން. އެ ސަރުކާރުގެ ސަބަބުން މިނިވަން އިންތިހާބެއް ބޭއްވި ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އެހީ ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޔުނިއިޑެޓް އޮޕޮޒިޝަންގެ ލީޑަރު، ޖަމީލް ވަނީ ހިޔަނި ކެބިނެޓު މެންބަރުންގެ ނަމާއި މަގާމު އިއުލާންކޮށްފައެވެ. ޔުނިއިޓެޑް ކޯލިޝަންގެ ނައިބު ރައީސް އަކީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ. އަދި ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އަކީ ކެބިނެޓުގެ އެޑްވައިސަރުންނެވެ.

ޝެޑޯ ކެބިނެޓް:

  • މިނިސްޓަރ އޮފް ހޯމް އެފެއާޒް- އަޙްމަދު ތަސްމީން ޢަލީ
  • މިނިސްޓަރ އޮފް ޓްރޭޑް އެންޑް ޓްރާންސްޕޯޓު- އާދަމް އާޒިމް
  • މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ވޭސްޓް މެނޭޖްމަންޓް އެންޑް ކްލީން އެނަރޖީ- މުޙައްމަދު އަސްލަމް
  • މިނިސްޓަރ އޮފް ޖޫޑީޝަލް ރިފޯމް- އަލްއުސްތާޛާ ހިސާން ހުސައިން
  • މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ- އަަޙްމަދު ނަޝީދު
  • މިނިސްޓާ އޮފް އެޑިއުކޭޝަން- ޝިފާ މުޙައްމަދު
  • މިނިސްޓާރ އޮފް ފައިނޭންސް އެންޑް ޓެރެޜަރީ- މުޙައްމަދު ޝިހާބު
  • ޑިފެންސް މިނިސްޓަރު- ޢަބްދުﷲ އަމީން
  • މިނިސްޓާރ އޮފް ހަޔާ އެޑިއުކޭޝަން- މުސްތަފާ ލުތުފީ
  • ޔޫތު އެންްޑް ސްޕޯޓްސް މިނިސްޓަރު- މުހައްމަދު ޝިފާޒް
  • އިސްލާމިކް މިނިސްޓަރު- ޑރ. އަބްދުލް ޖަމީލް އަބްދުލް ބާރީ
  • ސިވިލް ރައިޓްސް މިނިސްޓަރު- ހަސަން ލަތީފް
  • ލޯކަލް ގަވަމަންޓް އެންޑް ޑީސެންޓްރަލައިޒޭޝަން މިނިސްޓަރު- ގައިސް ނަސީރު
  • ހެލްތު އެންޑް ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑާ- ސިދާތާ ޝަރީފް
  • ރިސޯޓް އެންޑް ގެސްޓްހައުސް ޓޫރިޒަމް މިނިސްޓަރު- މުހައްމަދު މަލީހް ޖަމާލް
  • އިލެކްޝަން ކޮމިޝަން އެންޑް އިންޑިޕެންޑަންޓް ކޮމިޝަނާ- އަލީ ނިޔާޒް
  • ކޮންސްޓިޓިއުޝަނަލް ރީފޯމް މިނިސްޓަރު- ހުސެން ޝަމީމް
  • ގުޅިފައިވާ އިއްތިހާދު ސްޕޯކްސް ޕާސަން- އަހުމަދު މަހުލޫފް