ބޭރު ކުޅިވަރު

ޔޫރޯއިން ބާކީކުރި ގަދަ 11 ކުޅުންތެރިން

Jun 2, 2016
2

އަންނަ ހަފުތާގައި ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވެފެނެކެވެ. ނަމަވެސް އަނިޔާ އާއި އަހުލާގީ މައްސަލަތަކާއި ކޯޗުންގެ ޕްލޭނަށް ނުފެތޭތީވެ އެތައް ކުޅުންތެރިއެއް ވަނީ ބާކީކޮށްފަ އެވެ. އަނިޔާގެ ސަބަބުން ބާކީ ކުރި މަޝްހޫރު ކުޅުންތެރިނަކީ މެންޗެސްޓާ ސިޓީ އާއި ބެލްޖިއަމްގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ފްރާންސްގެ ރަފޭލް ވަރާނޭ އާއި ޖަރުމަނުގެ މާކޯ ރޮއިސް އާއި އިޓަލީގެ މާކޯ ވެރާއްޓީ އެވެ. ކޯޗުން ކިތަންމެ ބޭނުންވިޔަސް މި ތިން ކުޅުންތެރިން ނެގޭނެ އެއްވެސް ގޮތެއްނެތީ އެވެ. ސްޕޭނަށް އެންމެ ފަހުގެ ދެ ޔޫރޯ އާއި ވޯލްޑް ކަޕް ހޯދައިން ފޯވަޑް ފެނާންޑޯ ޓޮރޭޒް އާއި ސްޕޭނުގެ ސަންތި ކަޒޯލާ އާއި އިޓަލީގެ އަންދްރޭ ޕިރްލޯ އަށް ޖާގަ ނުދިނީ ޕްލޭނަށް ނުފެތޭތީ އެވެ. ނަމަވެސް ދެން ބާކީ ކުޅުންތެރިންނަކީ ކޯޗުން ބޭނުންވެގެން ނަގައި އެއްލާލި ކުޅުންތެރިންނެވެ. ތިރީގައި މިބަލާލަނީ އަނިޔާއަކާ ނުލައި ޔޫރޯއިން ބާކީކުރި ގަދަ 11 އަށެވެ.

ޓްރަޕަކީ މޮޅު ކީޕަރެކެވެ. ފްރާންސްގެ ޕީއެސްޖީ އަށް ދެ ތަށި ހޯދައިދީ 25 މެޗުގައި އޭނާ ބައިކޮޅަށް ގޯލެއް ނުވައްދައި ހިފެހެއްޓި އެވެ. ނަމަވެސް މިއީ ގައުމީ ކޯޗު ޖޯހިމް ލޯ އަށް ފުދޭވަރަކަށްނުވި އެވެ. އޭނާގެ ބަދަލުގައި ޓީމަށް ނެގީ އެއްވަނަ ކީޕަރު ބަޔާންގެ މިއުނިކްގެ މެނުއަލް ނޯޔާ އާއި ބަޔާން ލެވަކޫސަންގެ ބާންޑް ލެނޯ އާއި ބާސެލޯނާގެ މާކް އަންދްރޭ ޓާސްޓެގަން އެވެ.

2- ޑެޖާން ލޮވްރެން (ކްރޮއޭޝިޔާ)

މި ސީޒަނުގައި ލިވަޕޫލްގައި ލޮވްރެން މޮޅަށް ކުޅުނަސް އޭނާ އަކީ ކްރޮއޭޝިޔާގެ ކޯޗުގެ ޕްލޭނަށް ފެތޭ ކުޅުންތިއެއްނޫނެވެ. އެއީ އަހުލާގީ މައްސަލައަކާހުރެ އެވެ. ގައުމީ ކޯޗާއި ލޮވްރެންއާ ދެމެދު މައްސަލަޖެހުނީ މާޗު މަހު ކުޅުނު މެޗަކަށް އޭނާ ނާރުވައި ބެންޗުގައި ބޭންދުމުންނެވެ. އެ މެޗަށް ފަހު ލޮވްރެން ހިތްހަމަނުޖެހި ގޮތްދައްކަން ފެށުމުން އޭގެ ފަހުން އޭނާ އަށް ޓީމުން ޖާގަ ނުލިބެ އެވެ. ކޯޗު ބުނީ ލޮވްރެން އަށް ޖާގަ ލިބޭނީ އެހެން ކުޅުންތެރިންނެކޭ އެއްފަދައިން އޭނާއަކީ ވެސް ޓީމުގެ އެއް ކުޅުންތެރިއެއްކަން ގަބޫލުކުރުމުން ކަމަށެވެ.

3- ފިލިޕް ސެންދްރޯސް (ސްވިޒަލޭންޑް)

އާސެނަލް އާއި ފުލަމް އަށް ކުޅެ އަދި ގައުމީ ޓީމަށް 55 މެޗު ކުޅުނު ނަމަވެސް ސެންދްރޯސްގެ ތަޖުރިބާ މިހާރު ސްވިޒަލޭންޑަށް މުހިންމެއްނުވި އެވެ. އުމުރުން މިހާރު 31 އަހަރުގެ ކުޅުންތެރިޔާ އެސްޓަން ވިލާދޫކޮށް އަމިއްލަ ގައުމުގެ ލީގަށް ބަދަލުވި ނަމަވެސް އޭނާ އަށް ގައުމީ ޓީމުން ޖާގަ ދޭން ޖެހޭ ފެންވަރަށް ކުޅެވުނުކަމަކަށް ކޯޗު ގަބޫލެއްނުކުރެ އެވެ. ކޯޗު ވަލްޑަމީރު ޕެޓްކޮވިޗް ބުނީ ސެންދްރޯސް ހުރީ އިތުބާރު ގެއްލިފައި ކަމަށާއި ކުރީގެ ޖޯޝާއި ފޯރި އޭނާގެ ކިބާގައި މިހާރު ނެތް ކަމަށެވެ.

4- ހާވިއާ މާޓިނޭޒް (ސްޕޭން)

މާޓިނޭޒަކީ އަނިޔާގެ މައްސަލަ ބޮޑު ކުޅުންތެރިއެކެވެ. މި ސީޒަނުގައި ބަޔާން މިއުނިކަށް 27 މެޗު ކުޅުނުއިރު އޭނާ އަކި ފަހަތާއި މެދުތެރެއަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ. ނަމަވެސް ސްޕޭނުގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ އޭނާ ބާކީކުރީ އޭނާ އަށްވުރެ އެހެން ކުޅުންތެރިންގެ ކޮމިޓްމަންޓް ރަނގަޅުވުމުންނެވެ. ކޯޗު ގަބޫލުކުރާ ގޮތުގައި ކުލަބުގައ ކާމިޔާބު ހޯދި ނަމަވެސް ގައުމީ ޓީމަށް ނަގާނީ ގައުމީ ޒިންމާ އަށް ފިޓް ކުޅުންތެރިންނެވެ.

5- ޑެނީ ޑްރިންކް ވޯޓާ (އިންގްލޭންޑް)

ޑްރިންކް ވޯޓާ އަކީ އިނގިރޭސި ލީގު ލެސްޓާ ސިޓީ އަށް ހޯދައިދޭން ވަރުބަލިވުމެއްނެތި މެދުތެރޭގައި ހަރަކާތްތެރިވި ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަށް ގައުމީ ޓީމުން ޖާގަ ނުލިބުނީ އޭނާގެ މަގާމު ފުރާނެ ގިނަ ކުޅުންތެރިންތަކެއް މެދުތެރެއަށް ކުޅެން ތިބުމުންނެވެ. އެންމެ ބޮޑު އެއް މައްސަލައަކަށް ދިމާވީ އޭނާ އަށްވުރެ އެހެން ކުޅުންތެރިން އެޓޭކްގައި ބައިވެރިވާލެއް ރަނގަޅުވުމެވެ. ނަމަވެސް ޑްރިންކް ވޯޓާ ނުނަގައިގެން އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާވަނީ ކޯޗަށް ފާޑުކިޔާފަ އެވެ.

6- ހާތިމް ބިން އަރްފާ (ފްރާންސް)

ބިން އަރްފާ ވަނީ ނީސްގައި މި ސީޒަނުގައި މޮޅަށް ކުޅެފަ އެވެ. 36 މެޗުގައި އޭނާ 18 ގޯލު ވެސް ޖެހި އެވެ. ނަމަވެސް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯންގެ ޓީމަށް އޭނާ އަރާވަރެއްނުވި އެވެ. ކޯޗު ބުނީ އަރްފާގެ މަގާމަށް ކުޅެން އެހެން ކުޅުންތެރިން އެބަތިބި ކަމަށާއި ޓީމަށް ނެގީ އެންމެ ރަނގަޅު ކުޅުންތެރިން ކަމަށެވެ.

10- ޑިއެގޯ ކޯސްޓާ (ސްޕޭން)

8- އިސްކޯ (ސްޕޭން)

އިސްކޯ އަކީ މޮޅު ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑުގެ ސުޕަ ސަބްސްޓިއުޓެކެވެ. ކުލަބުގައި މި ސީޒަނުގައި 34 މެޗު ކުޅުނުއިރު ގައުމީ ޓީމުގައި ވެސް އޭނާގެ ބޭނުން ވަނީ ހިފާފަ އެވެ. ހާއްސަކޮށް ކޮލިފައިން މެޗުތަކުގަ އެވެ. ނަމަވެސް އާއްމުކޮށް ބެންޗުން ފަށާ ކުޅުންތެރިޔާ އަށްވުރެ ބޮޑަށް ކޯޗު ވިސެންޓޭ ޑެލްބޮސްކޭ އިސްކަންދިނީ އެތްލެޓިކޯ މެޑްރިޑުގެ ކޯކޭ އާއި ލޫކަސް އަށެވެ.

9- މާރިއޯ ބަލޮޓެއްލީ (އިޓަލީ)

ބަލޮޓެއްލީ އަކީ އެންމެ ފަހުގެ ޔޫރޯގައި އިޓަލީގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ތިން ގޯލު ޖަހައި ޓީމު ފައިނަލަށް ގެންގޮސްދިނެވެ. ނަމަވެސް އަހުލާގީ މައްސަލަތައް ގިނަ ކުޅުންތެރިޔާ އަށް މިފަހަރުގެ ޔޫރޯއިން ޖާގައެއް ހަގީގަތުގައި ވެސް ހައްގެއްނޫނެވެ. ލިވަޕޫލުގައި ބޮޑު ފްލޮޕަލަށްވުމުން އޭނާ އަލުން އޭސީމިލާނަށް ފޮނުވާލި އެވެ. އެކަމަކު 26 މެޗުން ޖެހުނީ އެންމެ ތިން ގޯލެވެ.

10- ޑިއެގޯ ކޯސްޓާ (ސްޕޭން)

ހުސްވި ސީޒަނަށް ފަހު ޔޫރޯ އޮތްނަމަ ޔަގީނުން ވެސް ކޯސްޓާ ޓީމަށް ނުނަގައި ފަރުޖެއްސޭކަށްނޯންނާނެ އެވެ. ނަމަވެސް އުފަން ގައުމު ބްރެޒިލަށް ނުކުޅެންވެގެން ބޮޑާހާކައި ސްޕޭނަށް ބަދަލުވުމުން ލިބުނު މޮޅެއްވެސް ނެތެވެ. ޗެލްސީގެ ޑިއެގޯ ކޯސްޓާ އަކީ މޮޅު ފޯވަޑެކެވެ. ނަމަވެސް މި ސީޒަނުގައި ޗެލްސީގައި ވެސް މޮޅު ކުޅުމެއް ނުދެއްކުނުއިރު ގިނައިން އުޅެން ޖެހުނީ ކޮންމެވެސް ހަމަނުޖެހުންގަނޑަކާހުރެ ސަސްޕެންޝަނުގެ ބިރުވެރިކަމުގަ އެވެ. އަނެއްކޮޅުން ކޯސްޓާގެ ފިޓްނަސް އަކީ ގައުމީ ކޯޗުގެ އެންމެ ބޮޑު ބޮލުރިހުމެވެ. ޑެލްބޮސްކޭ ގަބޫލުކުރި ގޮތުގައި ކޯސްޓާ ގެންދިއުމަށްވުރެ ޔޫރޯ އަށް އެހެން ކުޅުންތެރިއަކު ގެންދިއުން މާމޮޅު އިތުރެވެ.

11- ކަރީމް ބެންޒެމާ (ފްރާންސް)

ރެއާލް މެޑްރިޑުގެ ކަރީމް ބެންޒެމާ ޓީމަށް ނުނެގީ ވެސް އަހުލާގީ މައްސަލައަކާހެދި އެވެ. އެއީ ޓީމުގެ ކުޅުންތެރިއެއްގެ ބަރަހަނާ މަންޒަރު ރެކޯޑްކޮށްގެން ބްލެކްމެއިލް ކުރުމެވެ. މިކަމާހެދި ފްރާންސް ޓީމުން ބެންޒެމާ އުނިކުރީ ކުޅުންތެރިން ވެސް ބޭނުންވެގެންނެވެ. ކޯޗު ބުނީ އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.