ރާއްޖެ ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ވާދަކުރާނީ ދެވަަނަ ބުރުގައި

ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑްް ކަޕުގެ އޭޝިއާ ޒޯނުގެ ކޮލިފައިންގައި ދިވެހިރާއްޖެ ދެވަނަ ބުރު ނުވަތަ ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ރާއްޖެ އަށް ކޮލިފައިންގެ ދެވަނަ ބުރުން ލިބުނީ އެންމެ ފަހުގެ އޭޝިއާ ރޭންކިންގެ ގަދަ 34 ހަތަރު ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމުންނެވެ. ބްރެޒިލްގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ވާދަކުރަންޖެހުނީ ޕްރިލިމިނަރީ ބުރުގަ އެވެ. ޕްރިލިމިނަރީ ބުރުން ރާއްޖެ ކެޓީ ވަރުގަދަ އީރާން އަތުން ބަލިވުމުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރަނީ އޭޝިއާގެ ރޭންކިންގެ އެންމެ ދަށް 12 ގައުމެވެ. އޭގެ ތެރޭގައި ސާކު ސަރަަހައްދުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިއާ އާއި މި ސަރަހައްދުގެ ސްރީލަންކާ އާއި ނޭޕާލް އާއި ބޫޓަން އަދި ޕާކިސްތާން ހިމެނެ އެވެ. ޕްރިމިލިމަރީ ބުރުގައި އެންމެ ފާހަގަކޮށްލެވޭ މެޗަކީ އިިންޑިއާ އާއި ނޭޕާލް ކުރިމަތިލާ މެޗެވެ. ޕްރިލިމިނަރީ ބުރުގައި ސްރީލަންކާ އާއި ބޫޓާން ވާދަކުރާއިރު، ޕާކިސްތާންއާ ކުރިމަތިލާނީ ޔަމަނެވެ.

ޕްރިލިމިނަރީ ބުރުގެ މެޗުތައް ކާމިޔާބުކުރާ ހަ ގައުމާއެކު، ދެވަނަ ބުރުގައި ވާދަކުރާ 40 ގައުމު އަށް ގުރޫޕަކަށް ބަހާލާނެ އެވެ. މި އަށް ގުރޫޕްގެ އެއްވަނަ ހޯދާ ޓީމުތަކާއި ދެވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް 2019 ވަނަ އަހަރު އޭޝިއަން ކަޕްގެ ޖާގަ އާއި ކޮލިފައިންގެ ފައިނަލް ބުރުގެ ޖާގަ ލިބޭނެ އެވެ.

ކޮލިފައިންގެ ދެވަނަ ބުރުގެ މެޗުތައް ފަށާނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. ކޮލިފައިންގެ ދެވަނަ ބުރު ނިމޭނީ އަންނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.

އޭޝިއާ ކަޕް އިން ބާކީ އޮްތް ޖާގަތަކަށް ކޮލިފައިންގައި ދެން އެންމެ ރަނގަޅު ނަތީޖާ ހޯދާ 24 ޓީމު މެދުގައި ވަކި ކޮލިފައިން ބުރެއް ކުޅޭނެ އެވެ.