އެޗްޕީއޭ

މަގާއި ދުވާރަށް ކުނިއަޅާނަމަ ފިޔަވަޅު އަޅާނަން: އެޗްޕީއޭ

Jun 6, 2016
2

މަގާއި ދުވާރުގެ މައްޗަށް ކުނި އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެޖެންސީން އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އާންމުކޮށް މީހުން ބޭނުންކުރާ ސަރަޙައްދުތައް ސާފުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އުކާލަންޖެހޭ ކުނި މަގުމައްޗާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާކަން އެ އެޖެންސީއަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ސަބަބުން މާލޭގެ މަގުތައް ނުސާފުވެ ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެތީ، މަގުމަށްޗަށް ކުނިބުނި އެޅުން ހުއްޓާލަން އަންގާ ކަމަށެވެ.

އަދި ބުނެފައި ވަނީ މާލޭގެ މަގުތަކަކީ ކުނިމެނޭޖްކުރުމުގެ ގަވާއިދުގައި ކުނިއެޅުން މަނާ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީ، އެފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ ކުށެއް ކަމަށައި އެހެންކަމުން، މިގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަމުން ގެންދާނެ ކަމަށެވެ.