ބޭރު ކުޅިވަރު

ކީން އާއި މެކާތީ އަޔަލޭންޑް ފަރިތަކުރަން ފަށައިފި

އަންނަ ހުކުރު ދުވަހު ފްރާންސްގައި ފަށާ ޔޫރޯގައި ވާދަކުރާ އަޔަލޭންޑްގެ ކެޕްޓަން ރޮބީ ކީން އާއި ޖޭމްސް މިކް މެކާތީ ޓީމާއެކު ފަރިތަކުރަން ފަށައިފި އެވެ.

ކީން ވަނީ އަނިޔާގެ ސަބަބުން ބިލާރުސް އަތުން 2-1އިން ބަލިވި މެޗުގައި ވެސް ނުކުޅެ ހުރެފަ އެވެ. އުމުރުން މިހާރު 35 އަހަރުގެ ފޯވަޑް އަލުން ފަރިތަކުރަން ފެށުމަށްފަހު ބުނީ ފަޔަސް ލިބުނު އަނިޔާ މިހާރު ރަނގަޅު ކަމަށާއި މުބަރާތުގެ ފުރަތަމަ މެޗަށް އޭނާ މުޅިން ފިޓްވާނެ ކަމަށެވެ.

ނަމަވެސް ކޯޗު މާޓިން އޯނީލް ބުނީ މުބާރާތުގެ ފުރަތަމަ މެޗަށް ކީން މުޅިން ފިޓްވެގެން ކުޅެވޭނެ ކަމާމެދު ވަކިއެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ.

މެކާތީ ވެސް ބުނީ ޓީމާއެކު ފަރިތަކުރަން ފެށުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ނުކުޅެ ހުންނަން ޖެހުމުން ވަރަށް ދެރަވާ ކަމަށެވެ.
"އަހަރެން މިވަނީ ފާއިތުވެދިޔަ ދެތިން ދުވަހު ޓީމާއެކު ފަރިތަކޮށްފައި. މިއީ ވަރަށް އުފާވެރިކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެންގެ ފިޓްނަސް އިތުރަށް ކުރިއެރުވިދާނެ،" މެކާތީ ބުންޏެވެ.

ބިލާރުސް އަތުން އަޔަލޭންޑް ބަލިވުމުން އެސިސްޓެންޓް ކޯޗު ރޯއި ކީން ވަނީ ޓީމުގެ ކުޅުމަށް ފާޑުކިޔާފަ އެވެ. ނަމަވެސް ކެޕްޓަން ރޮބީކީންގެ ބޭބެ އަދި އަޔަލޭންޑްގެ ކުރީގެ ކެޕްޓަންގެ މިފަޑުކިއުންތަކަށް ފަހު ޓީމުގެ ކުޅުންތެރިން ވަނީ އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރަން ފަށައިފަ އެވެ.