ބޭރު ކުޅިވަރު

އިނގިރޭސިންގެ ތަމްރީނުތައް ފޮރުވަން ނުވަފޫޓު ފެންސެއް ޖަހައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިނގިރޭސި ޓީމުގެ ފަރިތަކުރުންތައް ފޮރުވަން ޓްރޭނިން ދަނޑުގައި ނުވަ ފޫޓުގެ ފެންސެއް ޖަހައިފި އެވެ.

އިނގިރޭސި އެފްއޭގެ ލޯގޯ އާއި މުބާރާތުގެ ލޯގޯ ޖަހައިފައިވާ ދާތައް ދަމައި މުޅި ދަނޑު ބައްދާފައިވާއިރު މިއީ މީގެ ކުރިން އިނގިރޭސިން އެހާއިސްކަންދީފައިވާ ކަމެއްނޫނެވެ.

އިނގިރޭސިން މިގޮތަށް އަމަލުކޮށްފައިވާއިރު މިއީ ޔޫރޯގައި ވާދަކުރާ 24 ޓީމުގެ ޓްރޭނިން ދަނޑު ހުންނާނެ ގޮތްކަން ކަށަވަރެއްނޫނެވެ. ނަމަވެސް މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ސެކިއުރިޓީ އަށް ފްރާންސުން ދަނީ ވަރަށް ބޮޑު އިސްކަމެއްދެމުންނެވެ.

އެއް މަސްދުވަހަށް ދެމިގެންދާ މުބާރާތަށް އިނގިރޭސި ޓީމު ފްރާންސަށް މިހާރު ގޮސްފައިވާއިރު އެ ޓީމުގެ މޮޓޯ އަކީ ވަން ޓީމު، ވަން ޑްރީމް އެވެ.

އިނގިރޭސީންނެކޭ އެއްފަދައިން އެހެން ގައުމުތަކުގެ ކޯޗުން ވެސް ޓްރޭނިން ދަނޑު ފޮރުވަން ބޭނުންވެ އެވެ.