ނިއު ރޭޑިއަންޓް އިން ނައިޖީރިިއާގެ މިޑްފީލްޑަރަކާއި އުޒްބެކިސްތާންގެ ގޯލްކީޕަރެއް ގެންނަން ނިންމައިފި އެވެ.
ނިއު އަށް ގެންނަ ނައިޖީރިއާގެ މިޑްފީލްޑަރު ސަންޑޭ ޕެޓްރިކް އޮކޯރޯ ،28، އެންމެ ފަހުން ކުޅެފައިވަނީ ސޫދާންގެ ފުރަތަމަ ޑިވިޝަންގެ ކްލަަބަކަށެވެ. އޮކޯރޯ ވަނީ މީގެ ކުރިން ބެލްޖިއަމް އާއި ސާބިއާ އަދި ޖަރުމަންގައި ކުޅެފަ އެވެ.
ނިއު އަށް ގެންނަ އުޒްބެކިސްތާންގެ ގޯލްކީޕަރު އަލީޝޭ އަހްމަދޯފް އެންމެ ފަހުން ކުޅުނީ ކަޒަކްސްތާންގެ ކްލަބަކަށެވެ.
މި ދެ ކުޅުންތެރިން ވެސް މިއަދު ނޫނީ މާދަމާ އެ ޓީމާ ގުޅޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.
މި ދެ ކުޅުންތެރިންނާއެކު ނިއުގެ ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިން ހަމަވީ އެވެ. އިންގްލެންޑްގެ ޒުވާން ފޯވަޑް ޑެވިޑް މޮލީ އާއި ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މައްކޯ ވަނީ ނިއުއާ މިހާރު ގުޅިފަ އެވެ.
ޕީޕަލްސް ކަޕަށް ފަހު، ނިއު އިން ވަނީ އެ ޓީމަށް ގެނައި ބްރެޒިލްގެ ދެ ފޯވަޑުންނާއި ސްޕެއިންގެ ގޯލްކީޕަރު ދޫކޮށްލައިފަ އެވެ. އަދި އެ ޓީމަށް ކުޅެމުންދިޔަ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު ވެސް ވަނީ ނިއު އިން ދޫކޮށްލައިފަ އެެވެ.