ބޭރު ކުޅިވަރު

އަަޔަލޭންޑުގެ ކޯޗު ކޮންޓްރެކްޓް އާކޮށްފި

އަޔަލޭންޑްގެ ކޯޗާއި އޭނާގެ އެހީތެރިން 2018 ވަނަ އަހަރާ ހަމަ އަށް ކޮންޓްރެކްޓް އާކޮށްފި އެވެ.

އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯގެ ކުރިން ކޯޗު މާޓިން އޯނީލް އާއި އޭނާގެ އެސިސްޓެންޓް ރޯއިކީން އަދި އެހެން ކޯޗިން ސްޓާފުންގެ ކޮންޓްރެކްޓް އާކުރީ އެމީހުންނަށް ދީފައިވާ ފުރަތަމަ ޓާގެޓް ހާސިލް ކުރުމުންނެވެ.

އަޔަލޭންޑްގެ އެފްއޭއިނއ ބުނީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފަައިންގެ މެދުތެރެއިން މިކްމެކާތީ މަގާމުން ވަކިކޮށް އޮނީލްއާ ޓީމު ހަވާލުކުރި ފަހުން އެފްއޭއިން ބޭނުންވި ޓާގެޓަށް ވާސިލްވެފައިވާ ކަމަށެވެ.

"އަހަރުމެން ބޭނުންވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވެސް އޯނީލް ޓީމުގައި ހުންނަން. އޭނާ އަކީ އަހަރުމެންނާ ގުޅޭ އަދި ނަތީޖާ ހާސިލް ކުރަމުން އަންނަ ކޯޗެއް،" އެފްއޭގެ ބަޔާނުގައިވެ އެވެ.

އޯނީލް ވަނީ އޭނާ އާއި އޭނާގެ ޓީމަށް އާ ކޮންޓްރެކްޓެއް ދިނީތީވެ ޝުކުރު އަދާކޮށްފަ އެވެ.