ބޭރު ކުޅިވަރު

އާސެނަލް އަށް ވުރެ ވާޑީ އިސްކަންދޭނީ ޔޫރޯ އަށް

މިވަގުތު ޖިމީ ވާޑީ ބޭނުންވަނީ ޔޫރޯ އަށް ފޯކަސް ކުރަން ކަމަށް އޭނާގެ އެޖެންޓް އާސެނަލްގައި ބުނެފި އެވެ.

ލެސްޓާ ސިޓީ އާއި އިނގިރޭސި ގައުމީ ފޯވަޑްގެ އެޖެންޓް މިހެން ބުނީ 20 މިލިއަން ޕައުންޑަށް އޭނާ ގަތުމަށް އާސެނަލް މަސައްކަތް ކުރަމުންދާތީ އެވެ.

ޕްރެމިއާ ލީގު ހުސްވި ސީޒަނުގައި ލެސްޓާ އަށް ހޯދައިދޭން ގިނަ އަދަދެއްގެ ލަނޑު ޖެހި ކުޅުންތެރިޔާ އަށް އާސެނަލްއިން ވަނީ ހަފުތާއަކު 120000 ޕައުންޑްގެ މުސާރައެއް ހުށަހަޅާފަ އެވެ.

ލެސްޓާ ދޫކޮށް ވާޑީ އާސެނަލް އަށް ބަދަލުވާނެކަން ޔަގީންވެފައިވާއިރު އޭނާޖެ އެޖެންޓް މިގޮތަށް ބުނީ ކުޅުންތެރިޔާގެ ގައުމި ޓީމުގެ ކުރިމަގަށް ހުރަސް އެޅިދާނެތީ އެވެ.

އިނގިރޭސި ކޯޗު ރޯއި ހޮޖްސަން ވަނީ ކުޅުންތެރިން ކުލަބު ބަދަލު ކުރުމުގެ ބަދަލުގައި ޔޫރޯ އަށް ވަގުތު ހުސްކުރަން ގޮވާލައިފަ އެވެ.