ބޭރު ކުޅިވަރު

ޖޯޖިއާ އަތުން ސްޕޭނަށް ބޮޑު ޝޮކެއް

ހައިރާންކުރުވަނިވި ގޮތަކަށް އެންމެ ފަހުގެ ޗެމްޕިއަން ސްޕޭން ޖޯޖިއާ އަތުން ރޭ 1-0އިން ބަލިވެއްޖެ އެވެ.

މި މެޗުގައި ޖޯޖިއާ ލަނޑު ޖެހީ ޖޯޑީ އަލްބާ އަށް ހެދުނު ގޯހަކުންނެވެ.

ނަމަވެސް މެޗަށް ފަހު ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނީ އޭނާގެ ޓީމަށް މި ނަތީޖާގެ ސަބަބުން ޔޫރޯގެ ތަށި ދިފާއު ކުރަން މައްސަަލައެއްް ނޯންނާނެ ކަމަށެވެ.

"އަހަރުމެންނަށް މާގިނަ ޕްރެޝަރުތައް ހުރީ. އަހަރުމެންނަށް ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވުނު. އަންދްރޭސް އިނިއެސްޓާ ލައިގެން އަހަރުމެންނަށް ގޭމުގެ ތެރެއަށް ވަދެވުނު. އެކަމަކު ލަނޑު ނުޖެހުނީ،" އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ޓީމުގެ ކޯޗު ޑެލްބޮސްކޭ ބުންޏެވެ.

އޭނާ ބުނީ ޔުވެންޓަސްގެ ފޯވަޑް އަލްވާރޯ މޮރާޓާ މި މެޗުގައި ބޭނުން ނުކުރީ އޭނާ ފޯމުގައި ނެތުމުން ކަމަށެވެ. އަދި ޔޫރޯގައި ކުޅޭ ވަރަށް މޮރާޓާ ފިޓްނޫން ކަމަށް ވެސް ޑެލްބޮސްކޭ ބުންޏެވެ.

ޔޫރޯގެ ފުރަތަމަ މެޗުގައި ޗެމްޕިއަން ސްޕޭން ވާދަކުރާނީ ޗެކް ރިޕަބްލިކާ އެވެ.