މީހުން ބަަދަލުވެފައިވާ ލ. ގާދޫއިން ގަވައިދާ ހިލާފަށް ކުރުނބާ އަޅަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކުރީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނު ފުލުހުން ގާދޫއަށް ގޮހެވެ.
ފުލުހުން ގޮސް ގާދޫއަށް އަރައި ގަވައިދާ ހިލާފަށް އެ ރަށުން އަޅާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކުރުނބާ ހޯދި އެވެ.