ހަބަރު

ގުރޫޕަކުން ދޭން އުޅުނު ހަމަލާއަކުން މެންބަރު ވައްޑޭ ސަލާމަތްވެއްޖެ

މިއަދު ހަވީރު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބުރާހީމް (ވައްޑޭ)އަށް ގުރޫޕަކުން ހަމަލާންދޭން އުޅެފި އެވެ. ހަމަލާ ދޭން އުޅިފައިވަނީ ޗައިނާ އެމްބަސީއާ ދިމާލު ބޮޑު ތަކުރުފާނު މަގުގަ އެވެ.

މެންބަރު ވައްޑޭއަށް ހަމަލާން ދޭން މަސައްކަތްކޮށްފައިވަނީ ސައިކަލްތަކެއްގައި އައި ގުރޫޕަކުންނެވެ. މެންބަރަށް ހަމަލާދޭން އުޅުމުން ބަޔަކު ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ. މި ހަމަލާގައި މެންބަރަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މެންބަރު ހިމާޔަތްކުރުމަށް މަސައްކަތްކުރި މީހަކަށް އަނިޔާވެފައިވެ އެވެ. އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހަވީރު މެންބަރު ވައްޑޭއަށް ހަމަލާ ދޭން ގުރޫޕަކުން މަސައްކަތްކުރި ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.