ޕްރޮމޯޝަން

ދިރާގު ރޯދަ ބޮޑު ހަދިޔާގެ ފުރަތަމަ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި

ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން 1437 ގެ ބޮޑު ހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއަށް އިނާމް ހަވާލުކޮށްފި އެވެ.

ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި، ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެވޭ ޕްރޮމޯޥަނެކެވެ. އަދި ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ލައިވްކޮށް ނެގޭ ގުރުއަތުން އެލްޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާއިއެކު ޖުމްލަ 65000 ރުފިޔާއަށް ވުރެ އަގު ހުރި 'އެލްޖީ ހޯމް ޕެކް' އެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބެ އެވެ.

މިއަދު ހަވީރުގެ ޕްރޮގްރާމްގައި ވޭތުވެދިޔަ ހަފްތާގެ ނަސީބުވެރިޔާ، ހ.ސޯސަން ވިލާ، ޑރ. އަބްދުﷲ ޖުނައިދާއި ރަސްމީކޮށް އިނާމް ހަވާލުކޮށް، ދެވަނަ ހަފްތާގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ. އެގޮތުން ދިރާގު ރޯދަ ބޮޑު ހަދިޔާގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ސ. ހިތަދޫ ކުދިމާވިލާ، އަލީ އަބްދުﷲ ދީދީ އެވެ. މި އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ޕްރޮގްރާމުގައި މިފަރާތާވެސް އިނާމް ހަވާލު ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ދިރާގުގެ ރޯދަ ބޮޑު ހަދިޔާ ޕްރޮމޯޝަން ރިފްސައިޑާއި ގުޅިގެން ކުރިޔަށްގެންދާއިރު ރީފްސައިޑަކީ ރާއްޖޭގައި އެލްޖީގެ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގާ ތަފާތު ޕްރޮމޯޝަން ތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެޗްއައިއެޗް އިން ފަސް ފަރާތަކަށް ލިބޭ ރޯދަވިއްލުމުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވަނީ އިނާމް ހަވާލުކޮށްފައެވެ. އެގޮތުން މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މ.މޫމިޔާގެ މުހަންމަދު އައިމަން އާދަމެވެ. މި ޕްރޮމޯޝަނަކީ ‘iftar’ ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކޮށްގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ.

ކުރާ ކޮންމެ އެސްއެމްއެސް އަކަށް އެއް ރުފިޔާ ޗާޖު ކުރެވޭއިރު ދިރާގުން ވަނީ އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކަސްޓަމަރުންގެ ނަމުގައި ފިތުރު އީދު ދުވަހު ކ.ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމަވާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް މިއަންނަ ހުކުރު ދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީ އިން ދެއްކުމަށް ހަމަޖެހިފައިވާ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި އިނާމު ހަވާލުކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.