ރާއްޖެ ކުޅިވަރު

ވެޓަރަންސް ކަޕް: ނިއުއާ ބީޖީގެ ކުރިމަތިލުން ހަމަހަމަ

ވެޓަރެންސް ކަޕްގައި މިއަދު ނިއު ރޭޑިއަންޓާއި ބީޖީ ސްޕޯޓްސް ބައްދަލު ކުރި މެޗް 2-2 ގެ ނަތީޖާއިން އެއްވަރުވެގެން ނިމިއްޖެއެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ނިއުއިންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ކުރިން ކުލަބު ވެލެންސިއާއަށް ކުޅުނު މުޙައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް) އެވެ.

ބީޖީއަށް ނަތީޖާ ހަމަހަކޮށްދިނީ ބީޖީގެ ސީނިއާ ޓީމް ކޯޗް ޝާޒްލީ މުޙައްމަދު (ޝާޒް) އެވެ.

ދެ ވަނަ ހާފުގައި ބީޖީއަށް ލީޑް ނަގައިދިނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަދަމް ލަރީފް (ރޮނާ) އެވެ.

ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓިމަށް ފުރަތަމަ ލަނޑުވެސް ޖަހައިދިން ތޮއްޑޫ ނިޒާމެވެ.

މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ މާޒިޔާއާއި ދިވެހި ސިފައިންގެ ކުލަބެވެ.