ސިނަ މާލެ ބްރިޖް

ބްރިޖުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި

Jun 12, 2016

މާލެ އާއި ހުޅުލެ ގުޅާލައި ބްރިޖްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް މި މަހުގެ 10 ގައި ފަށާފައިވާކަަމަށެވެ. އަދި ބްރިްޖް އަޅަން ބޭނުވާނާ ޕްލެޓްފޯމްތަކާއެކު ވަގުތީ ބުރިޖް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ހުޅުލެ އާއި މާލެ އާއި ދެމެދު ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވާ އިރު އެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ އެެވެ.