ބޭރު ކުޅިވަރު

އިތުރަށް ހަމަނުޖެހުން ހިންގައިފިނަމަ ރަޝިޔާ އާއި އިނގިރޭސީން ޔޫރޯއިން ވަކިކުރަނީ

އިތުރަށް ހަމަނުޖެހުން ހިންގައިފިނަމަ ރަޝިޔާ އާއި އިނގިރޭސިން ޔޫރޯ ފުޓްބޯޅަ މުބާރާތުން ވަކިކުރާނެ ކަމަށް ޔޫއޭފާއިން އިންޒާރު ދީފި އެވެ.

ޔޫރަޕުގެ މައި ފުޓްބޯޅަ ޖަމާއަތުން ނެރުނު ނޫސްބަޔާނުގައި މި ގޮތަށް ބުނެފައިވަނީ މި ދެ ގައުމު ރޭ ކުޅުނު މެޗު 1-1އިން އެއަވަރުވި މެޗަށް ފަހު ސްޓޭޑިއަމާއި ފްރާންސްގެ އެކި ހިސާބުތަކުގައި ދެ ގައުމުގެ ސަޕޯޓަރުން ހަަމަނުޖެހުން ހިންގާފައިވުމުންނެވެ.

ރޭގެ މެޗަށް ފަހު ސަޕޯޓަރުންގެ މެދުގައި ހޫނުވީ ރަޝިޔާގެ ބައެއް ސަޕޯޓަރުން އިނގިރޭސިން ތިބި ސަރަހައްދަށް ވަނުމުންނެވެ. މެޗަށް ފަހު ފްރާންސްގެ ފުލުހުންނާ ދިމާކޮށްލުމުން މަސްރަހު ހަމައަކަށް އެޅުވީ ކަރުނަ ގޭހާއި ފެން ޖަހައިގެންނެވެ. މި ހާދިސާއި އިނގިރޭސި އެކަކަށް ވަރަށް ބޮޑަށް އަނިޔާގެ ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިއީ ފްރާންސްގެ ފުލުހުންނާއި އިނގިރޭސި ސަޕޯޓަރުން ކުރިމަތިލި ތިން ވަނަ ދުވަހެވެ.

ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނަނީ މުބާރާތް ބަލަން އެ ގައުމަށް އައިސްފައިވާ އިނގިރޭސިންގެ އުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށާއި އިނގިރޭސިންގެ އަމަލުތައް ހުރީ ގައުމުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ކަމަށެވެ.

އިއްޔެއިން ފެށިގެން އެއް މަސް ދުވަހަކަށް ކުރިއަށްދާ މުބާރާތް ފްރާންސްގައި ކުރިއަށްދާއިރު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެގައުމުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެއީ ނޮވެމްބަރު މަހު ޖަރުމަނަ ދެކޮޅަށް ފްރާންސްގެ ކުޅުނު މެޗުގައި ދަނޑުން ބޭރުންނާއި ވެރިރަށް ޕެރިހުގެ އެކިހިސާބުތަކަށް ޓްރަރިސްޓް ހަމަލާތައް ދިނުމާ ގުޅިގެންނެވެ.

މި ހަމަނުޖެހުންތައް ކުށްވެރިކޮށް ރަޝިޔާގެ ކުޅިވަރާ ބެހޭާ ވަޒީރު ވަނީ ފްރާންސްގެ ސެކިއުރިޓީއާ މެދު ސުވާލު އުފައްދައިފަ އެވެ.