ބޭރު ކުޅިވަރު

ކޮޕާ އެމެރިކާ: ވަރުގަދަ ބްރެޒިލް ކަޓައިފި

Jun 13, 2016
1

ކޮޕާ އެމެރިކާގެ ގުރޫޕް "ބީ" ގައި ޕެރޫ އަތުން ބަލިވެ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު ބްރަޒިލް ކަޓައިފިއެވެ.

ޕެރޫއިން ލަނޑު ޖެހީ މެޗްގެ 75 ވަނަ މިނެޓްގައި ލަނޑު ޖެހީ ރައުލް ރުއިޑިއާޒް އަތުން، ކާމިޔާބު ކުރި ލަނޑުންނެވެ.

ބްރަޒިލްގެ ކުޅުންތެރިންވަނީ ރުއިޑިއާޒް އެލަނޑު ޖެހީ އަތުން ކަމަށް ބުނެ އެޕީލްވެސް ކޮށްފައެވެ. އަދި ވީޑިއޯގެ އެކި އޭންގަލްތަކުން ފެންނަ ރިޕްލައިގައިވެސް ރުއިޑިއަޒް އަތުން ބޯޅަ ފޮނުވާލާ މަންޒަރު ސާފުކޮށް ފެނެއެވެ.

ރޭ ކުޅުނު ގޫރޫޕް ބީގެ އަނެއް މެޗް ހެއިޓީއާ ދެކޮޅަށް ކުޅެ އިކްއެޑޯ ކާމިޔާބު ކުރީ 4-0 ންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބްރަޒިލްގެ ކޯޗް ކާލޯސް ޑުންގާ ބުނީ ބްރަޒިލް މުބާރާތުން ކަޓުވާލި ގޮތް ބްރަޒިލް ސަޕޯޓަރުންނަށް ސާފުކޮށް ފެންނާނެކަމަށެވެ.

އޭނާ ބުނީ ޕެރޫއިން ގޯލްތެރެއަށް ފޮނުވާލި ބޯޅަ، ގޯލަކަށް ނިންމޭނެ ފުޓްބޯޅައިގެ އެއްވެސް ހަމައެއް އޭނާއަށް ނުވިސްނޭ ކަމަށާއި ރެފްރީއަށް އެއީ ގޯލެއްކަން ނިންމަން ލަފާ ދިނީ ކާކު ކަމެއް، އަދި ކިހިނެއް ކަމެއްވެސް އޭނާއަށް ނޭންގޭ ކަމަށެވެ.

އުރުގުއޭގައި 1995 ގައި ބޭއްވި ކޮޕާ އެމެރިކާގައި ބްރަޒިލް އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗްގައި ބްރަޒިލްގެ ޓޫލިއޯ ހޭންޑްބޯލްއަކުން ލަނޑު ޖެހިއިރު، ބްރަޒިލްގެ ކެޕްޓަނަކަށް ހުރީ ޑުންގާއެވެ.

އެމެޗްގައި އޭނާ ވަނީ ބަރަޒިލްގެ ފަރާތުން އެއީ ލަނޑެއް ކަމަށް އެޕީލްކޮށްފައެވެ.