ބޭރު ކުޅިވަރު

ހަންގޭރީގެ ޕިޖާމާ ކީޕަރަށް ޔޫރޯގެ މުހިންމު ރެކޯޑެއް

ޔޫރޯ ފުޓްބޯޅަ ކުޅުނު އެންމެ ދުވަސްވީ ކީޕަރަކަށް ހަންގޭރީގެ ކީޕަރު ގަބޯ ކިރާއީ ވެއްޖެ އެވެ.

އޭނާ އަށް މި ރެކޯޑް ލިބުނީ މުބާރާތުގައި މިރޭ ހަންގޭރީ އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗުގައި ކުޅެން ނުތުމުންނެވެ. މިއަދާ ހަމަ އަށް އޭނާގެ އުމުރަކީ 40 އަހަރެވެ.

މީގެ ކުރިން ޔޫރޯގައި އެންމެ ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޖަރުމަނުގެ ކުރީގެ ޑިފެންޑަރު ލޮތާ މަތެއަސް އެވެ. އޭނާ ކުޅުނީ 39 އަހަރުގަ އެވެ.
ކީޕަރު ގިރާއީ ފުޓްބޯޅަ ކުޅޭތާ މިއީ 22 ވަނަ އަހަރެވެ. ހަންގޭރީ ލީގުގައި މިހާރު ކުޅެމުން އަންނައިރު އޭނާ ވަނީ އިނގިރޭސި ލީގުގެ އެސްޓަންވިލާ އާއި ފުލަމް އަށް ވެސް ކުޅެފަ އެވެ.

ގައުމީ ޓީމަށް 104 މެޗު މިހާތަނަށް ކުޅެދީފައިވާ ކީޕަރު މަޝްހޫރުވެފައިވަނީ ޕިޖާމާ ކީޕަރުގެ ގޮތުގަ އެވެ. އެއީ އޭނާ ގްރޭ ކުލައިގެ ޓްރަކްސޫޓެއްގައި މެޗު ކުޅޭތީ އެވެ

"އަހަރެން ކުރިން ލަނީ ކަޅުކުލަ. އެކަމަކު އަހަރުމެން މެޗު ކުޅެން ބަލާއިރު ކޮިޓް މެނޭޖަރު ހުންނަނީ އަންނައުނުތައް ނުދޮވެ. އެހެންވެ ފަހުން އަހަރެން ލާން ފެށީ ގްރޭކުލަ. މިއާއެކު ނަސީބު ވެސް އެހީތެރިވި،" ކީޕަރު ބުންޏެވެ.

އޭނާ ބުނީ 40 އަހަރުގައި ވެސް ގައުމީ ޓީމަށް ކުޅެން ވޭނުންވާ ކަމަށާއި މިފަހަރު ފުރުސަތު ވެސް ލިބުނީ ނަސީބު ވެސް ރަނގަޅުވުމުން ކަމަށެވެ.