ހަބަރު

އޯލެވެލް ޓޮޕް 10 ގައި ހިމެނޭ ހިންމަފުށީ ދަރިވަރުންނަށް 50،000 ރުފިޔާ!

  • އެ ދުވަހުގެ ރިސޯޓް ދަތުރުއް
  • ފަސް މާއްދާއިން ފާސްވާ ދަރިވަރުންނަށް 10،000ރ

އޯލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވާ ކޮންމެ ދަރުވަރަކަށް ހިންމަފުށީ ކައުންސިލުން ރިސޯޓު ދަތުރެއް ދޭން ނިންމައިފި އެވެ.

އެ ކައުންސިލުން ބުނީ، ރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރަން ހިންމަފުށި ސްކޫލުން ގްރޫޑް 10 ނިންމައި އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމަށްޓަކައި އިނާމްތަކެއް ދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލުން ވަނީ، މި އަހަރުގެ އޯލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވާ ކޮންމެ ދަރިވަރަކަށް 10،000 ރުފިޔާ އަދި ރިސޯޓެއްގައި އެއް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުން ފުރުސަތު ދޭން ނިންމާފަ އެވެ. ރިސޯޓު ދަތުރު ދެނީ ކޮންމެ ދަރިވަރަކަށް ވެސް ތިން މީހަކާއެކު ޗުއްޓީ ހޭދަކުރެވޭ ގޮތަށެވެ.

މީގެއިތުރުން، މި އަހަރުގެ އޯލެވެލް އިމްތިހާނުން ޓޮޕް 10 ގައި ހިމެނޭ ހިންމަފުށީ ސްކޫލްގެ ކޮންމެ ދަރިވަރަކަށް 50،000 ރުފިޔާ ދޭން ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި އޯލެވެލް އިމްތިހާނުގައި 60 ޕަސެންޓް ހޯދާ ޓީޗަރަކަށް 5،000 ރުފިޔާ ދިނުމަށް ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.