އެލައިޑް އިންޝުއަރެންސް

އެލައިޑް "ހަލް އިންޝޫރަންސް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

އެލައިޑް އިންޝޫރަންސްއާ ހަސަން މެރިން ގުޅިގެން ކުރިޔަށް ގެންދިޔަ "ހަލް އިންޝޫރަންސް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ފެބްރަުއަރީ ހަތަކުން 30 އޭޕްރިލްގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައި ވަނީ މިއަދު ޓީވީއެމްގެ "މިވަގުތު" ޕްރޮގްރާމްގަ އެވެ. އެގޮތުން ޕްރޮމޯޝަންގެ ނަސީބު ވެރިޔަކަށް ހޮވުނީ އުޅަނދެއް އިންޝޫރަންސް ކުރެއްވި އަހުމަދު ރަޝީދު ހަސަނެވެ.

އޮޑިދޯނި ފަހަރުގެ އިންޝޫރަންސްއަށް އާމުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނު އަހުމަދު ރަޝީދަށް ދިނީ ހަސަން މެރީންގެ ހަތަރު ސްޓްރޯކް 30 ހޯސް ޕަވާ މާކިއުރީ އައުޓް ބޯޑް އިންޖީނެކެވެ. އެ އިނާމް އަހުމަދު ރަޝީދަށް ހަވާލުކޮށްދެއްވީ ހަސަން މެރީންގެ ސޭލްސް މެނޭޖާ ޝާހިދު އަމީންނެވެ.

ހަލް އިންޝޫރަންސް އަކީ ކަނޑުމަތީ އުޅަންދަށް ދިމާވެދާނެ އެކި ނުރައްކަލުން އޮޑިވެރިޔާ އަށް ކުރިމަތިވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީންކޮށްދޭ ހާއްސަ ޕްލޭނެކެވެ. އެ ޕްލޭންގެ އެހީގައި އުޅަނދާއި ފަޅުވެރިން އަދި ޕެސެންޖަރުންނަށް ކަނޑުމަތީ ދިމާާ ހާދިސާއަކުން ލިބޭ ގެއްލުމަށް ބަދަލު ލިބެ އެވެ.