ރާއްޖެ ކުޅިވަރު

ޔުނައިޓަޑް ވިކްޓްރީ ބަލިކޮށް ސިފައިންގެ ކުލަބަށް ހިތް ހަމަޖެހުން

Jun 15, 2016

ވެޓަރަންސް ކަޕްގައި ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން މޮޅެއް ހޯދައި ފިއެވެ.

ޑީއެސްސީ ކުޅުނު ފުރަތަމަ މެޗްގައި އެޓީމު ވަނީ މާޒިޔާ އަތުން ބަލިވެފައެވެ. ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ލީޑް ނެގީވެސް ޑީއެސްސީއިންނެވެ.

މެޗް ފެށިގެން ފަސް ވަނަ މިނެޓްގައި ޑީއެސްސީއަށް ލީޑް ނަގައިދިނީ ޢަބްދުﷲ ނަޞީރެވެ. ޔުނައިޓަޑް ވިކްޓްރީއިން ވަނީ 18 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ ވަހީދެވެ. ޑީއެސްސީ މޮޅުވި ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސަލީމް ހުސައިންނެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވެލެންސިއާ ނިއުރޭޑިއަންޓެވެ.