ރާއްޖެ ކުޅިވަރު

ވެޓަރަންސް ކަޕް: ދެވަނަ ބުރުގެ ޖާގަ ހޯދަން ވިކްޓްރީއާއި ޔުވީ ޕްލޭއޮފަށް

Jun 19, 2016

ވެޓަރަންސް ކަޕްގައި ގުރޫޕް ސްޓޭޖު ކުޅުން ނިމުނު އިރު، ކޮންމެ ގުރޫޕަކުން ވެސް އެންމެ ގަދަ ތިން ޓީމު ދެވަނަ ބުރަށް ދަތުރު ކުރިއިރު ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން ވިކްޓްރީއާއި ޔުނައިޓަޑް ވިކްޓްރީ ވާދަ ކުރަން ޖެހިއްޖެ އެވެ.

ދެވަނަ ބުރަށް މިހާރު ގޮސްފައިވަނީ ފަސް ޓީމެވެ. އެއީ ގުރޫޕް އޭ ގެ ތިން ޓީމާއި ގުރޫޕް ބީ ގެ ދެ ޓީމެވެ. ގުރޫޕް ބީ ގައި ހިމެނެނީ ތިން ޓީމެވެ. އެހެންވެ ހަވަނަ ޖާގައަށް ވިކްޓްރީއާއި ޔުނައިޓަޑް ވިކްޓަރީ ވާދަ ކުރަން ޖެހެނީ އެ ދެޓީމު ހިމެނޭ ގުރޫޕްގެ ފުލަށް ދިއުމުންނެވެ.

މި ދެޓީމު ބައްދަލު ކުރާ މެޗް އޮންނާނީ މާދަމާ ހަވީރުއެވެ. ގުރޫޕް އޭ އިން އެއްވަނައަށް ދިޔައީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެލެންސިއާއެވެ. ގުރޫޕް ބީ ގެ އެއް ވަނަ ލިބުނީ މާޒިޔާއަށެވެ.