ޕްރޮމޯޝަން

ޔޫރޯ އާއި ގުޅުވައި ބީއެޗްއެމުން ހާއްސަ ޕްރޮމޯޝަނެއް!

ރޯދަމަހާއެކު ފުޓުބޯޅައިގެ ދެވަނަ އަށް އެންމެ ބޮޑު އީދު، "ޔޫރޯ 2016" ވެސް މިވަނީ ބައްދަލުކޮށްފަ އެވެ. ރޯދައަށް ގޭގައި ކުލަ ލާ ފަރުނީޗަރު ބަދަލުކުރިހެން ގިނަ ބަޔަކު ތިބީ ގޭގައި ހުރި ޓީވީ އެއްލައިލާ އިހަށްވުރެ ބޮޑު އަދި މޮޅު ޓީވީ އެއް ގަނެލައިގެންނެވެ. އެންމެ ފުރިހަމައަށް ފޯރިގަދަ މެޗުތައް ބަލަން މުހިންމު ސްޕޯޓްސް ޗެނަލްތައް ލާ ހަމަކޮށްގެންނެވެ. ސިޓިން ރޫމްގެ ފާރުތައް ފުރާލީ ސްކޯ ޗާޓުތަކާއި ފުޓުބޯޅަ ކުޅުންތެރިންގެ ޕޯސްޓަރުތަކުންނެވެ.

"ޔޫރޯ 2016" ފެށުނީއްސުރެ ފޭސްބުކާއި ޓުވިޓާގައި މި ނޫން ވާހަކައެއް ނެެތެވެ. ޔޫރޯގެ ފޯރި ގޮސްފައި އޮތް ހިސާބު އެންމެ ބޮޑަށް އެނގެނީ ކެފޭތަކާއި ރެސްޓޯރެންޓުތައް އަދި އަމިއްލަ ފަރާތްތަކުން ހުޅުވައިގެން އުޅޭ ޖަގަހަތަކަށް ބަލައިލުމުން ވަރަށް ރަނގަޅަށް އެނގެ އެވެ. ހުރިހާ ތަނެއްހެން އޮންނަނީ ފުރި ބާރުވެފަ އެވެ. ފޭސްބުކާއި ޓުވިޓާގައި މާ ފޯރިގަދަވެގެން އުޅޭ އެއް ކަމަކީ ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ފަށައިގެން އުޅޭ ހާއްސަ ޕްރޮމޯޝަންތަކެވެ. އިއްޔެ ފެށި މި ޕްރޮމޯޝަންތައް ޔޫރޯ ނިމެންދެން ކުރިއަށް ގެންދާނެ އެވެ. އެކްސެލް އާ ގުޅުވައިގެން މި ޕްރޮމޯޝަންތަކާއި ކުރިއަށްގެންދާއިރު މިއީ ޒުވާނުންގެ ހިތްތައް ފަތަހަކޮށްގެން އެ ނޫން ދިމާލަކަށް މޫނު އަނބުރާލިޔަ ނުދީ ހިފަހައްޓައިގެން އުޅޭ އެނާޖީ ޑްރިންކެކެވެ.

މިއޮށް ވަރުގަދަ އެނާޖީ ޑްރިންކު ކޭހެއް ކޮންމެ ދުވަހަކު ހިލޭ ހޯދުމުގެ ފުރުސަތު މިއޮތީ ބީއެޗްއެމުން ހުޅުވާލާފަ އެވެ. މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ އެވެ. ފޯނަކުން ލާރިތަކެއް ވެސް ހަރަދު ކުރާކަށް ނުޖެހެ އެވެ. ކޮންމެ ދުވަހަކު ބީއެޗްއެމުން ޔޫރޯ އާ ގުޅުވައިގެން ގެނެސްދޭ ސުވާލަށް ޖަވާބު ދޭން ވީ އެވެ. ފޭސްބުކް ނޫނީ ޓުވިޓާ މެދުވެރިކޮށެވެ. ކޮންމެ ދުވަހެއްގެ ގިނަ ވަގުތުތައް ހޭދަކުރަމުންދާ "އެ ދުނިޔޭ" ގަ އެވެ. މި ސުވާލު ފޭސްބުކްގައި އިންނަ ބީއެޗްއެމްގެ ޕޭޖު https://web.facebook.com/xlmaldives އަދި ޓުވިޓާ ޕޭޖު https://twitter.com/XLEnergyMV ފޮލޯކޮށްގެން ޕޯސްޓްތަކަށް ކޮމެންޓު ރިޕްލައި ކުރަންވީ އެވެ. ޑެއިލީ ސުވާލު، ވެބްސައިޓުން ވެސް ފެންނާނެ އެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބު ދެވޭނީ މެންދުރު 12 އިން ރޭގަނޑު 12 އާ ހަމައަށެވެ.

"މި ޕްރޮމޯޝަންތައް ކުރިއަށް ގެންދާނަން ޔޫރޯ ނިމެންދެން، ވަރަށް އަގުހުރި އިނާމްތަކެއް މި ދޫކޮށްލަނީ، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ސޯޝަލް މީޑިއާ މެދުވެރިކޮށް. ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް" ބީއެޗްއެމްގެ ޑިރެކްޓާ ފާރިޝް ހުސައިން މި ޕްރޮމޯޝަންތަކާއި ބެހޭ މައުލޫމާތު އަވަސް އާ ހިއްސާ ކުރަމުން ވިދާޅުވި އެވެ.

ހަމައެކަނި މިހެންނެއް ނޫނެވެ. މެޗުތަކުގެ ސްކޯ ދިމާކޮށްގެންވެސް އެކްސެލް ކޭސް ހޯދަންވީ އެވެ. މެޗުގެ 60 ވަނަ މިނެޓުގެ ކުރިން މެޗުގެ ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އެކްސެލް ކޭސް ދޭން ބީއެޗްއެމުން ތިބީ ތައްޔާރުވެ އަތުކުރި އޮޅާލައިގެންނެވެ. އަދިވެސް އިތުރު ޗެލެންޖުތައް ކުރިއަށް ގެންދާނެ ކަމަށް ފާރިޝް ވިދާޅުވި އެވެ.

ހަމައެކަނި އެކްސެލް ކޭހެއް ނޫނެވެ. އެކި އެކި ބުރުތަކަށް ދާނެ ޓީމްތައް ދިމާކޮށްގެން ބީއެޗްއެމުން ހުރީ އެހެން އިނާމްތައްވެސް ދޭން ނިންމައިގެންނެވެ. ތަފާތު އިނާމްތަކާއި ގިފްޓް ކާޑު ތަކެވެ. ގްރޭންޑް ބޮޑު އިނާމެއްވެސް އެބައޮތެވެ. ކޮންމެ ދުވަހަކު ގެނެސްދޭ ޑެއިލީ ސުވާލުތަކުން އެއް ސުވާލުގެ ޖަވާބު ރަނގަޅުވިއަސް މިއޮތީ ގްރޭންޑްގައި އޮޓޮމެޓިކުން ބައިވެރިވެވިފަ އެވެ. އިނާމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ގުރުއަތު ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި މިއޮތީ ބީއެޗްއެމުން 10،000 ރުފިޔާގެ ގިފްޓް ކާޑެކެވެ. ޔޫރޯ ސީޒަންގައި ބީއެޗްއެމުން މިފަހަރު ބައިލައްކަ ރުފިޔާގެ ހަދިޔާ ދޫކޮށްލާނެ އެވެ.

އެހެންވީމަ މެޗު ބަލަން އިނދެގެން ޓުވިޓާ އާ ފޭސްބުކްގައި ތި ކުރާ ޕޯސްޓުތަކާއި އެއްވަރަށް ބީއެޗްއެމުން ކުރިއަށް މިގެންދާ ޗެލެންޖުތަކުގައި ބައިވެރިވެގެން އިނާމްތައް ހޯދަންވީ އެވެ.