ޝަރުއީ ދާއިރާ

ޓެރެރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކުގެ މައުލޫމާތު ފަނޑިޔާރުންނަށްދީފި

ޓެރެރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މައުލޫމާތު ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދިނުމުގެގޮތުން ކުރިޔަށްގެންދާ ޕްރޮގްރާމްގެ ތެރެއިން ފަނޑިޔާރުންނަށް އަމާޒުކޮށް ހާއްސަ ސެޝަނެއް ބާއްވައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރޭނިން ހޯލްގައި "ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން: މުޖުތަމައަށް އޮތް ބޮޑު ނުރައްކަލެއް" މިނަމުގައި ކުރިއަށްދިޔަ މިސެޝަންގައި މައުލޫމާތު ދެއްވީ ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، މޭޖާ ހަސަން އާމިރެވެ. މިސެޝަންގައި ހައިކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ސެޝަންގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެރެރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތަކާއިގުޅޭ މައުލޫމާތު ދިނުމުގެ މި ޕްރޮގްރާމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑަމީއާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއާއި، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.