ޝަރުއީ ދާއިރާ

ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ސޮފްޓްވެއާއެއް ތައާރަފުކޮށްފި

ކޯޓުތަކުގައި ކުރިއަށްދާ ޝަރީއަތްތަކުގައި ދިވެހި ބަހުން ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ -- ސްޕީޗް ޓު ޓެކްސްޓް" ސޮފްޓްވެއާ "ކޭލި" އިފްތިތާހުކޮށްފި އެވެ.

މި ސޮފްޓްވެއާ އިފްތިތާހުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

މިއީ ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާއެކެވެ.

ޝަރީއަތުގައި ދައްކާ ވާހަކަތައް މިހާރު ލިޔަނީ އަޑުއެހުން ރެކޯޑް ކުރުމަށްފަހު މުވައްޒަފުން އެ ރެކޯޑިން އަޑުއަހައިގެންނެވެ. މިކަމަށް ވަރަށް ގިނަ ވަގުތު ހޭދަވެ އެވެ.

"ކޭލި" ސޮފްޓްވެއާ ބޭނުންކުރަން ފެށުމުން މިކަމަށް ހޭދަވާ ވަގުތު ކުޑަވާނެ އެވެ.