އެމެރިކާ

އެމެރިކާގައި ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަން ހުށަހެޅި ބިލް ބޭރުކޮށްލައިފި

އެމެރިކާގައި ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަން އެ ގައުމުގެ ސެނެޓަށް ހުށަހެޅި ހަތަރު ހުށަހެޅުމަށް ސެނެޓުން ނޫނެކޭ ބުނެ، އެ ބިލް ބޭރު ކޮށްލައިފި އެވެ.

އެމެރިކާގެ އޮލާންޑޯގައި ހުންނަ ނައިޓް ކްލަބަކަށް ދިން ހަމަލާއަށްފަހު، ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި ހުށަހެޅުމަށް ސެނެޓްގެ މެޖޯރިޓީ އޮންނަ ރިޕަބްލިކަން ޕާޓީން ނުނެކޭ ބުނީ، އެމެރިކާގެ ރައްޔިތުން ޓެރަރިސްޓުންގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް ހުރަހެއް ކަމަށް ބުނެއެވެ.

ނައިޓް ކްލަބުގެ ހަމަލާއަށް ފަހު، ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަން ވެސް ވިދާޅުވެފައިވަނީ އެމެރިކާގައި ބަޑިގެންގުޅުން ކޮންޓްރޯލް ކުރަންޖެހޭ ކަމަށެވެ.

ސެނެޓްގެ މެޖޯރިޓީ ލިޑަރު ރިޕަބްލިކްން ޕާޓީގެ މިޗް މެކް ކޮނެލް ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކަލުން އެމެރިކާގެ ރައްޔިތުން ދުރުކުރުމަށް އޮތް ހަގީގީ ހައްލަކީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުން ނޫން ކަމަށެވެ.

"އެކަމަކު އެމެރިކާއަށް މިއަންނަނީ ހަމަލާތައް ދެވެމުން، އެ ހަމަލާތައް ދެވެނީ ބޮމެއް ގޮއްވާލައިގެނެއް ނޫން. ތަކުރާރުކޮށް މިދެވެނީ ބަޑީގެ ހަމަލާ ތަކެއް،" އޭނާ ވިދާޅުވި އެވެ

މިބިލްގެ ސަބަބުން ބަޑި ވިއްކުން ހުރަސް އެޅޭކަމަށް ބުނެ އެމެރިކާގެ ރައިފަލް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.