ބޭރު ކުޅިވަރު

މީ އަހަންނަށް ހެދުނު ގޯހެއް، އިސްތިއުފާ ދޭނަން: ރަޝިޔާ ކޯޗް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ރަޝިޔާ ކެޓީ އޭނާއަށް ހެދުނު ބޮޑެތި ގޯސްތަކުން ކަމަށާއި ރަޝިޔާގެ ކޯޗް ކަމުން އިސްތިއުފާ ދިނުމަށް ހުށަހަޅާނެ ކަމަށް ރަޝިޔާގެ ވަގުތީ ކޯޗް ލިއަނޯޑް ސްލަޓްސްކީ ބުނެފި އެވެ.

އޭނާ ބުނީ އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑްކަޕަށް ރަޝިޔާ ތައްޔާރު ކުރުމަށް އެހެން ކޯޗަކަށް ފުރުސަތު ދިނުމުގެ ގޮތުން، އޭނާ ރަޝިޔާގެ ކޯޗް ކަމުން ދުރަށް ދާނެ ކަމަށެވެ.

ރަޝިޔާގެ ފުޓްބޯޅަ ޔޫނިއަންއިން އެ ގަމުގެ ކޯޗްކަން ސްލްޓްސްކީއާ ހަވާލު ކުރީ، ކުރީގެ ކޯޗް އިޓަލީގެ ފަބިއޯ ކަޕެއްލޯ ކޯޗް ކަމުން ވަކި ކުރުމަށްފަހު އެވެ.

ސްލްޓްސްކީއާ ކޯޗުކަން ހަވާލުވީ، ރަޝިޔާގެ ސީއެސްކޭ މޮސްކޯގެ ކޯޗްކަމުގެ ހުރެއެވެ. ޔޫރޯގައި ގައުމީ ޓީމަށް އިރުޝާދު ދިން ނަމަވެސް އޭނާގެ ރަސްމީ ވަޒީފާއަކީ ސީއެސްކޭ މޮސްކޯގެ ކޯޗްވެ.

"ކުރިއަށް އޮތް ބޮޑު މުބާރާތަށް އެހެން ކޯޗަކަށް ފުރުސަތު ދޭންޖެހޭ،" ވޯލްޑްކަޕަށް އިޝާރާތްކޮށް ސްލަޓްސްކީ ބުންޏެވެ. އޭނާ އަދި ބުނީ ރަޝިޔާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށާއި ހެދުނު ގޯސްތަކާއި ގައުމު ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.

"އަހަރެން މިކަމުގެ ޒިންމާ ނަގަން، ކުޅުންތެރިން ސްކޮޑަށް ނަގަން އަހަންނަށް ވަގުތުވެސް ލިބުނު، ކާމިޔާބު ނުލިބޭނަމަ ހަމަ ހަގީގަތުގައި ވެސް އެއީ އަހަރެންގެ މިސްޓޭކެއް،" ސްލަޓްސްކީ ބުންޏެވެ.