ބަހްރައިން

ބަހުރޭނަށް ހިތި ރަހަ ދައްކާލާނެ ކަމަށް އީރާނުން އިންޒާރުކޮށްފި

ބަހްރެންގެ ޝިއައީ އިމާމެއް ކަމަށްވާ އާޔަތުﷲ އީސާ ގާސިމުގެ ރައްވަހިކަން ބަހްރެންގެ ސަރުކާރުން ބާތިލު ކުރުމުން އީރާނުން އަސްކަރިއްޔާގެ ކޮމާންޑަރު ބަހްރެންއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުން ބުނެފައިވަނީ، ޝިއައީންގެ އިސް އިމާމުގެ ރަށްވެހިކަން ބާތިލު ކުރުމަކީ "ސަރަހައްދުގައި އަލިފާން ރޯކުރުން" ކަމަށެވެ.

ބަހުރެންގެ އިންޓިރިއާ މިނިސްޓްރީއާ ހަވާލާދީ ބަހްރެންގެ ނިއުސް އެޖެންސީން ބުނެފައިވަނީ އީސާ ގާސިމްއަކީ ބަހުރެއިން ބައިބައި ކުރަން ހަރަކާތްތައްތައް ހިންގާ ހަރުކަށި ހިޔާލުގެ މީހެއް ކަމަށެވެ. އީސާ ގާސިމުގެ ރަށްވެހިކަން ބަހްރެންގެ ސަރުކާރުން ބާތިލުކޮށްފައި މިވަނީ، އެގައުމުގެ އެންމެ ބޮޑު ޝިއައީ ޖަމާއަތް އަލް ވަގަފާގެ ހަރަކާތްތައްވެސް މަނާކުރިތާ ހަފުތާއެއް ފަހުންނެވެ.

ޝިއައީގެ އިމާމުގެ ރަށްވެހިކަން ބާތިލު ކުރުމުން އީރާންގެ އަސްކަރިއްޔާ ކޮމާންޑަރު ގާސިމް ސުލައިމާނީ ނެރުވާފައިވާ ބަޔާނުގައި ބުނެފައިވަނީ ބަހްރެއިންގެ އަމީރު ހަމަދު ބިން އީސާ އަލް ހަލީފާގެ ވެރިކަން މުލުން ލުހެލާނެ ކަމަށެވެ.

"އަލް ޚަލީފާ މިކަމުގެ ރަހަ ދެކޭނެ. ލެއިން ފޯވެފައިވާ އެމީހުންގެ ވެރިކަން މުލުން ލުހެލާނަން،" ބަޔާނުގައި ބުނެފައިވެއެވެ.
އީރާންގެ ހަރުކަށި އިންޒާރާ ގުޅިގެން ބަހްރޭނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ ހިނަގަމުންދާ ކަންކަމާ މެދު އެމެރިކާއިން ފާރަވެރިވެ ތިބިކަމަށެވެ.