ރާއްޖެ ކުޅިވަރު

ޓީޓީގެ ރައީސް ކަމަށް މިހާރުގެ ނައިބު ވާދަ ކުރައްވަނީ

Jun 21, 2016

އަންނަ ހޯމަ ދުވަހު ބާއްވާ ވާ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ކަމަށް، އެ އެސޯސިއޭޝަންގެ މިހާރުގެ ނައިބުރައީސް އަލީ ރަޝީދު ކުރިމަތި ލައްވައިފިއެވެ.

އަވަސްއަށް މިއަދު ދެއްވި އިންޓަވިއުގައި އަލީ ވިދާޅުވީ މިހާރު ހިނގުމުންދާ ދައުރަކީ ރާއްޖޭގެ ޓީޓީ ހަޔާތުގައި އައި އެންމެ ކާމިޔާބު ދުވަސްވަރު ކަމަށާއި އެސޯސިއޭޝަންފެ ރައީސް ކަމަށް ކުރިލައްވަނީ އެ ކާމިޔާބުތައް ތަކުރާރުކޮށް، ޓީޓީއިން އިތުރު ކުރިއެރުން ހޯދައިދޭން ބޭނުންވާތީ ކަމަށެވެ.

އަދި އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަހްމަދު ލަތީފު (ޓީޓީ ލަތީފު) އާ ދައުރަކަށް ކުރިމަތި ނުލެއްވި ނަމަވެސް، އެސޯސިއޭޝަނަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަލީ ރައީސް ކަމަށް ކުރިމަތި ލެއްވިއިރު ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރު ހިނގަމުންދާ ދައުރުގައި އެކްސްކޯގައި އަންހެން މެންބަރު ޒުލައިހާ އިބްރާހިމްއެވެ. ހަޒާންދާރު ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެވެސް ހަޒާންދާރު އަހްމަދު ޝާޒިލްއެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގެ މަސައްކަތާ ހަވާލުވެ ހުރި އަހްމަދު ސުޖާއު ބުނީ މިމަހު 17 ވަނަ ދުވާހައި ހަމަޔަށް މެންބާޝިޕް ފީދައްކާފައިވާ ކުލަބުތަކަށާއި ވަކިވަކި މެންބަރުންނަށްވެސް ވޯޓް ލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.