ސްރީލަންކާ

ލަންކާއިން އީޔޫއަށް މަސް އެކްސްޕޯޓް ކުރަން ފަށައިފި

Jun 22, 2016
0%
0%
0%

އަވަށްޓެރި ސްރީލަންކާގެ މަހުގެ އުފެއްދުންތައް ޔޫރަޕިއަން ޔޫނިއަން ނުވަތަ ވިލާތުގެ އެކްސްޕޯޓް ކުރަން މިއަދު ފަށައިފިއެވެ.

މަހުގެ އުފެއްދުންތައް އީޔޫއަށް އެކްސްޕޯޓް ކުރަން ލަންކާއިބް މިއަދު ފެށީ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި އީޔޫއަށް މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ ބާތިލްކޮށްފައި ވަނިކޮށެވެ.

ލަންކާގެ ފިޝަރީޒް މިނިސްޓަރު މަހިންދަ އަމަރަވީރާ ވިދާޅުވީ ފުރަތަމަ މަހުގެ ޝިޕްމެންޓް ފޮނަވަނީ ނެދަލެންޑްސް އެމްސްޓަޑަމްއަށެވެ. އޭނާ ވިދާޅުވީ ވިލާތުގެ އިއްތިހާދުގެ މެންބަރުންގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކަށްވެސް ލަންކާއި މަސް ބޭރު ކުރާނެ ކަމަށެވެ.

އީޔޫއިން ބުނީ ލަންކާއަށް މަސް ބޭރު ކުރުމުގެ ހުއްދަ އަލުން ދިނީ ލަންކާގެ މަސްވެރިކަމާ ބެހޭ ސިޔާސަތު ރިފޯމްކޯށް ގެނައި އިސްލާހް ތަކުގެ ސަބަބުންނެވެ. ލަންކާއިން ވަނީ 2013 ވަނަ އަހަރު އީޔޫއަށް މަސް ބޭރުކޮށްގެން 83.4 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910