ދުނިޔެ

ސްރީލަންކާއަށް އީޔޫއިން 18 މިލިއަން ޔޫރޯ

ސްރީ ލަންކާގެ ލެޖިސްލޭޓިވް މަސައްކަތްތަކަށް އެހީތެރިވުމަށް 18 މިލިއަން ޔޫރޯދޭން އީޔޫއިން އެއްބަސްވެއްޖެ އެވެ. ސްރީ ލަންކާ ކެބިނެޓުން ވެސް ވަނީ މި އެހީ އަށް އެއްބަސްވެފަ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރަން ފިނޭންސް މިނިސްޓަރަށް ލަފާ އަރުވާފަ އެވެ.

ސްރީ ލަންކާއިން މި ފައިސާ ބޭނުންކުރަން ހަމަޖައްސާފައިވާ ޕްރޮޖެކްޓަކީ "ޕްރޮޖެކްޓް ޓް އެސިސްޓް ދި ލެޖިސްލޭޓާ އޮފް ސްރީ ލަންކާ" އެވެ. މައިގަނޑު އަމާޒަކީ ޝަރުއީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި ޚިދުމަތް ރަނގަޅުކުރުމެވެ. މިކަމަށް ބޭނުންވާ ގަވާއިދުތައް އުފައްދައި ދެމެހެއްޓުމެވެ.

ސްރީ ލަންކާ ނޫސްތަކުން ކެބިނެޓާ ހަވާލާދީ ބުނާ ގޮތުގައި މި ޕްރޮޖެކްޓް ބަލަހައްޓައި ހިންގާނީ މިނިސްޓްރީ އޮފް ޖަސްޓިސްއިންނެވެ. މި ޕްރޮޖެކްޓަށް މުޅި ޖުމުލަ 19.27 މިލިއަން ޔޫރޯ ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެވިފައި ވާއިރު، ޔުނިސެފް އަދި ޔޫއެންޑީޕީން ވެސް އެހީތެރިވެދޭން ވަނީ އެއްބަސްވެފަ އެވެ.