ޔޫރޯ 2016

އިޓަލީއާއި ބެލްޖިއަމްގެ ފަހަތުން އުތުރު އަޔަލެންޑްވެސް ދެ ވަނަ ބުރަށް

Jun 23, 2016

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީ ގައި ފަހުވަގުތު ކާމިޔާބު ކުރި ލަނޑުން އިޓަލީ ބަލިކޮށް، އިޓަލީއާއި ބެލްޖިއަމްގެ ފަހަތުން މުބާރާތުގެ މުޅިން އަލަށް ވާދަ ކުރާ އުތުރު އަޔަލެންޑް ވެސް ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބެލްޖިއަމްވެސް ވަނީ ފަހު ވަގުތު ސްވިޑެން ކޮޅަށް ކާމިޔާބު ކުރި ލަނޑު މޮޅުވެ ގުރޫޕްގެ ދެ ވަނަ މަގާމު ހޯދާފައެވެ. އިޓަލީ ބަލިކުރި ލަނޑު އުތުރު އަޔަލެންޑަށް ކާމިޔާބު ކޮށްދިނީ 85 ވަނަ މިނެޓްގައި ބްރޭޑްއެވެ.

ސްވިޑެން ބަލި ކުރި ލަނޑު ބެލްޖިއަމްއަށް ކާމިޔާބު ކޮށްދިނީ 84 ވަނަ މިނެޓްގައި ނައިންގޮލޮންއެވެ. އިޓަލީއާއި ބެލްޖިއަމްއަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނަމަވެސް އިޓާލީއަށް ގުރޫޕްގެ ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ދެ ވަނަ ބުރުގައި އިޓަލީ ވާދަ ކުރާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށެވެ. ބެލްޖިއަމް ހެންގޭރީއާ ދކޮޅަށް ނިކުންނައިރު، އުތުރު އަޔަލެންޑް ނިކުންނާނީ ވޭލްސްއާ ދެކޮޅަށެވެ.