ބޭރު ކުޅިވަރު

ޔޫރޯގެ ރެކޯޑްތަކެއް ރޮނާލްޑޯ އަށް

ފުރަތަމަ ދެ މެޗުގައި ގޯލެއް ނުޖެހުމުން ފާޑުކިއުންތައް އަމާޒުވެފައިވި ނަމަވެސް ރޭ ހަންގޭރީ ކޮޅަށް ދެ ލަނޑު ޖެހި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރެކޯޑްތައް ރޭ މުގުރާލައިފި އެވެ.

ހަންގޭރީ ކޮޅަށް ޖެހި ދެ ގޯލާއެކު އޭނާ ވެގެންދިޔައީ ޖެހިޖެހިގެން ހަތަރު މުބާރާތުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އަދި ރޭގެ މެޗާއެކު އޭނާ ވެފައިވަނީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަށެވެ. ފްރާންސްގެ ލިލިއަމް ތުރާމްގެ ރެކޯޑް މުގުރާލީ ރޭގެ މެޗާއެކު 17 މެޗު ހަމަކޮށްގެންނެވެ.

ރޭގެ ޖެހި ދެ ލަނޑާއެކު ޔޫރޯގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ފްރާންސްގެ މިޝޭލް ޕްލެޓިނީގެ ރެކޯޑް މުގުރާލަން ރޮނާލްޑޯ މިހާރު ބޭނުންވަނީ އެންމެ ގޯލެކެވެ. އޭނާގެ މިހާރުގެ ޖުމުލަ އަކީ އަށެކެވެ. އަދި ރޭ އޭނާ ވަނީ އިންގްލޭންޑްގެ އެލަން ޝިއަރާގެގެ ހަތް ގޯލު ފަހަނައަޅައިގޮސްފަ އެވެ.

އޭނާ އަކީ މުބާރާތުގައި މިހާތަނަށް އެންމެ ޒުވާން އުމުރެއްގައި ކުޅުނު ކުޅުންތެރިޔާ އެވެ. ޕޯޗުގަލްގައި 2004 ވަނަ އަހަރު އޮތް މުބާރާތުގައި ރޮނާލްޑޯ ކުޅުނީ އެންމެ 19 އަހަރުގަ އެވެ.