ކްރިސްޓިއާނާ ރޮނާލްޑޯ

ޕޯޗުގަލް ހިތްވަރު ހޯދީ ރޮނާލްޑޯގެ ހާފްޓައިމް ސްޕީޗުން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެންމެ ގިނަ ބަޔަކު ހައިރާންވީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާގެ ބަދަލު ކުރަން ޖެހުމުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު އޭނާ ބަދަލު ކުރަން ޖެހުމުން ގިނަ ބަޔަކަށް މެޗު ފޫހިވި އެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސްފީގޯ ޓީވީން ފެނުނު ވަގުތު ކޮމެންޓޭޓަރު ވެސް ބުނީ ފީގޯ އިނީ ނިދިޖެހިފައި ކަމަށެވެ. ފަހަރުގައި އެއީ ރޭގެ މެޗަށް އައުމަށް ކުރީރޭ ނުނިދާ ހުރުމުން ވެފައިވާ ގޮތަކަށްވެދާނެ ކަމަށެވެ.

މިއީ ރޮނާލްޑޯ ނެތި ގިނަ ބަޔަކަށް މެޗު ސިފަކުރެވުންދިޔަ އެއް ގޮތެވެ. އަދި އޭނާ ނެތި ޕޯޗުގަލް "ބަލިވީ" ކަމަށް އެހާމެ ގިނަ ބަޔަކު ނިންމި އެވެ.

ނަމަވެސް 1-0 އިން ޕޯޗުގަލް މޮޅުވެ ތަށި އުފުލާލުމަށް ފަހު ކުޅުންތެރިން ބުނީ އެމީހުންނަށް އެންމެ ބޮޑަށް ހިތްވަރު ލިބިގެން ދިޔައީ އިންޓަވަލް ގަޑީގައި ރޮނާލްޑޯ ދެެއްކި ވާހަކަތަކުން ކަމަށެވެ.

"އޭނާ ބުނީ ތިމަންނަ އަށް ޔަގީނޭ އެންމެން ގުޅިގެން ކުޅެފިނަމަ އަަހަރުމެން މޮޅުވާނެއޭ. ކޮންމެ ކުޅުންތެރިއަކަށް ވަކިވަކިން އޭނާ ހިތްވަރުދިން. މުޅި ޓީމަށް ވެސް އޭނާ ހިތްވަރުދިން ހާފް ޓައިމްގައި. އަހަރުމެންނަށް ލިބުނީ ވަރަށް ބޮޑު ހިތްވަރެއް އޭގެ ސަބަބުން،" ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށް ސޯރެސް ބުންޏެވެ.

އޭނާ އަދި ބުނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ރޮނާލްޑޯ އަބަދުވެސް ހިތްވަރުދޭ ކަމަށާއި އެހާމެ ބޮޑަށް ކުޅުންތެރިންނަށް އެހީތެރިވެސް ވެެދޭ ކަމަށެވެ.

އިތުރުވަގުތުގެ ފަހު ހާފުގައި ވަރަށް ކާމިޔާބު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ފެނިގެންދިޔަ ރޮނާލްޑޯގެ އަށިގަނޑުގައި ދަނޑުން ބޭލި ފަހުން އޭނާ ބެންޗަށް އައީ 90 މިނިޓް ނިމި އިތުރު ވަގުތު ކުޅެން ޖެހުމުންނެވެ. ދަނޑަށް އައުމާއެކު ކޮންމެ ކުޅުންތެރިއަކަސް ވަކިވަކިން ހިތްވަރުދީ ހެދި މަންޒަރު ޓީވީން ވެސް ދުރަށް ދެއްކި އެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހި އެޑާ ވެސް ބުނީ އޭނާ ކުޅެން ނުކުތުމުގެ ކުރިން ލަނޑު ޖެހޭނެ ކަމަށް ރޮނާލްޑޯ އޭނާ ގާތު ބުނި ކަމަށާއި ހާއްސަކޮށް މޮޅުވާ ލަނޑު ޖަހަންވާނީ އޭނާ ކަމަށް ވެސް ބުނި ކަމަށެވެ.