ކަނޑުމަތީގެ ހާދިސާ

ސަޕްލައި ދޯންޏެއް މުދަލާއެކު އަޑިއަށް ގޮސްފި

Jun 23, 2016

ގިނަ އަދަދަކަށް މުދާ ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ހުޅުލެ ކައިރިން ފެތި އަޑިޔަށް ހިނގައްޖެ އެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރި ސަޕްލައި ދޯނި އަޑިޔަށް ދިއުމާއެކު އޭގައި ތިބި މީހުން ސަލާމަތް ކުރީ އެމްޓީސީސީގެ ލޯންޗަކުންނެވެ. ފުލުހުން ބުނީ އެދޯނި އަޑިޔަށް ދިޔައީ ކޮޅިގަނޑެއްގައިޖެހިގެން ކަމަށް ލަފާ ކުރެވިފައިވާ ކަމަށާއި އެ ހާދިސާއަށް ފަހު ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެ އެހީވެފައިވާ ކަމަށެވެ.

ސަޕްލައި ދޯނި ފެތި، އަޑިއަށް ދިޔައިރު އޭގެ ހުރި މުދާތައް ކަނޑަށް އޮޔާ ގޮސްފައިވާތީ އެ މުދާތައް ނެގުމުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އައިސް ކުކުޅު ކޭސްތަކާއި މޭވާ އާއި ތަރުކާރީގެ ބާއްވަތައްވެސް ހިމެނެ އެވެ.

މިއީ ކޮން ރިސޯޓެއްގެ ސަޕްލައި ދޯންޏެއް ކަމެއް ސާފެއް ނުވެއެވެ. މިއަދު މިހާދިސާ ހިނގި އިރު މިއަދު ހެނދުވެސް ވަނީ ދޯންޏެއް ފަރަށް އަރާފައެވެ