ކަނޑުމަތީގެ ހާދިސާ

ކަނޑުމަތީގެ އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ

Jun 23, 2016

ހުޅުމާލެ ފެރީއަކީ ދޯންޏެއް އެކްސިޑެންޓްވެ ބަޔަކަށް ވަނީ އަނިޔާވެސް ވެފައެވެ.

އެމްއެންޑީއެފުން ބުނީ މިރޭ ހިނގި މި އެކްސިޑެންޓްގައި ގެއްލުންތައް ލިބުނު އުޅަނދު މާލެ ގެނެސް އޭގެ ދިޔަ ހިއްކައި އެހީތެރިވެ ދެމުން ގެންދާ ކަމަށާއި މީހުން ވެސް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިރޭގެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި ކަމަށާއި އެކްސިޑެންޓްވީ "ވީނަސް" ނަމަކަށް ކިޔާ ދޯންޏަކާއި ހުޅުމާލޭ ފެރީއެއް ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ. އަނެއް މީހާ އޭޑީކޭއަށެވެ.

މިހާދިސާ ހިނގި އިރު މިއަދު މެންދުރުވެސް ވަނީ ހުޅުލެއާ މާލެއާ ދެމެދުން ރިސޯޓަކަށް މުދާ ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް މުދާތައް ކަނޑަށް ބެހިފައެވެ. އަދި މިއަދު ހެނދުނު ވެސް ވަނީ ދޯންޏެއް ފަރަކަށް އަރައި ގެންލުންތައް ވެފައެވެ.