ސުޕްރީމް ކޯޓް ކައިރިއަށް މިރޭ އެއްވެފައިވާ މީހުންގެ ތެރެއިން ދެ މީހަކު ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމާ ގުޅިގެން ހައްޔަރުކޮށްފި އެވެ.
ސުޕްރީމް ކޯޓް ކައިރިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެ ސަރަހައްދަށް ބަޔަކު އެއްވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމްގެ ހުކުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން މިރޭ ގޮތެއް ނިންމުމަށް މަޖިލީހެއް ތާވަލުކޮށްފައިވަނިކޮށެވެ. ސުޕްރީމް ކޯޓް ކައިރިން ހަމަނުޖެހުން ހިންގާފައިވާއިރު ކްރިމިނަލް ކޯޓް ކައިރިއަށް ވެސް ބަޔަކު އެއްވެސް ހަމަނުޖެހުން ހިންގާފައިވެ އެވެ.
އެ މަޖިލިސް މިރޭ ބޭއްވި ނަމަވެސް އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ ތަހުގީގު މުޅި ފުރިހަމަ ނުވާ ކަމަށް ބުނެ ހުމާމަށް މިވަގުތު މަރުގެ އަދަބު ދޭން އަފްރާޝީމް އާއިލާއިން ވަނީ ދެކޮޅު ހަދާފައެވެ.