ހަބަރު

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ރޭ މަރުވެއްޖެ އެވެ. މަރުވެފައިވަނީ، ގއ. ދެއްވަދޫ ސޯސަންގޭ އުމުރުން 82 އަހަރުގެ މަރިޔަމް ހަސަނެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވެފައިވަނީ، މަރިޔަމް ހަސަން މަރުވެފައިވަނީ ރޭ ދަންވަރު 1:00 ހާއިރު ކަމަށެވެ.

މަރިޔަމް ހަސަން އުމްރާއަށް ދިޔައިރު ވެސް ހުރީ ވަރަށް ބޮޑަށް ރޯގާ ޖެހިފައި ކަމަށާއި، އިއްޔެ މަދީނާއަށް ދިޔުމަށްފަހު މައްކާއަށް އައި ފަހުން އޭނާގެ ހާލު ބޮޑުވި ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ. މަރިޔަމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލަކަށް ގެންދަން އެމްބިއުލަންސަށް ގުޅިތަނާ އެވެ.

އޭނާގެ މައްޗަށް ކުރެވުނު ކަށު ނަމާދު އޮތީ މިއަދުގެ ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގަ އެވެ.