މެންޗެސްޓާ ޔުނައިޓަޑްގެ އާ ކޯޗް ހޯސޭ މޮރީނިއޯ އާއި އޭނާގެ އާއިލާ ޗުއްޓީ ރާއްޖޭގައި ހޭދަ ކުރަމުން އެބަދެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އަދި ގިނަ ބަޔަކަށް އެންމެ މޮޅު މި ކޯޗާއި އާއިލާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ގިލިލަންކަންފުށީގައެވެ.
އިނގިރޭސި ވިލާތުގެ އޮންލައިން ނޫހެއް ކަމަށްވާ، ޔޫކޭ ރޮޕް ނިއުސް ގައިވާގޮތުން މޮރީނިއޯ ރާއްޖޭގައި ޗުއްޓި ހޭދަ ކުރާތާ މިހާރު ދެ ދުވަސް ވެއްޖެއެވެ.
މޮރީނިއޯ ރާއްޖޭގައި ޗުއްޓި ހޭދަ ކުރާކަން އެނގުނީ އޭނާގެ އަންހެން ދަރިފުޅުން މަޓިންޑާ މޮރީނިއޯ ނަގާފައިވާ ފޮޓޯއެއް މޮރީނިއޯގެ އިންސްޓަގްރާމްގައި އާންމު ކުރުމުންނެވެ.
މެން ޔުނައިޓަޑްގެ ޕްރީ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ހައެއް ގައެވެ. އިންސްޓަގްރާމްގައި ފޮޓޯއެއް ޝެއާ ކުރުމަށްފަހު މޮރީނިއޯ ބުނެފައިވަނީ ޖުލައި ހަ ވަނަ ދުވަހަށް އޭނާ ފިޓްކޮށް ހުންނާނެ ކަމަށެވެ.