ޔޫރޯ 2016

ޕެނަލްޓީގައި ސްވިޒަލެންޑް ބަލިކޮށް ޕޮލެންޑް ކްއާޓާ ފައިނަލަށް

Jun 25, 2016

ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑްގެ މައްޗަށް ޕޮލެންޑުން ކުރި ހޯދައި ކްއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. މިރޭގެ މެޗްގައި ޕެނަލްޓީއަށް ދިޔައީ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރު ވެގެނެވެ.

ޕެނަލްޓީޣައި ޕޮލެންޑުން ފަސް ޕެންލްޓީ ވެސް ކާމިޔާބު ކުރިއެވެ. ސްވިޒަލެންޑްގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމްގެ ޒަކާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުކޮށްލާފައެވެ.

ދެވަނަ ބުރުގެ ފުރަތަމަ މެޗު ޕޮލޭންޑުން ކާމިޔާބު ކުރި އިރު މިރޭގެ ކުޅުމުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީ ޕޮލެންޑުންނެވެ. މެޗްގެ 82 ވަނަ މިނެޓްގައި ސްވިޒަލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ކްއަޓާ ފައިނަލުގައި ޕޮލެންޑާ ދިމާވާނީ ކްރޮއޭސިއާ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.