ކަނޑުމަތީގެ ހާދިސާ

ސިނާއީ އަވަށުގެ ނެރު މައްޗަށް ދޯންޏެއް އުރި މީހަކަށް އަނިޔާވެއްޖެ

Jun 26, 2016
4

ސިނާއީ އަވަށުގައި ހެދި ނެރު މައްޗަށް ދޯންޏެއް އުރި މީހަށް އަނިޔާވެއްޖެ އެވެ. މިރޭ މި ހާދިސާ ހިނގާފައި ވަނީ 8:45 އެހަކަންހާއިރު އެވެ. ހާދިސާގައި އަނިޔާވި މީހާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ނެރު މައްޗަށް އުރުނު މި ދޯންޏަކީ ވަދާގޮސްފައި އައިސް ސިނާއީ އަވަށުގެ ނެރުން ވަންނަން އުޅުނު ދޯންޏެއް ކަމަށާއި ދެ މީހުންނާއެކު ދަތުރު ކުރި އެ ދޯނިން އަނިޔާވީ ދުއްވަން ހުރި މީހާއަށް ކަމަށެވެ. ނަމަވެސް އެމީހާގެ ޒަހަމް ސީރިއަށް ނޫން ކަމަށެވެ.

ސިނާއީ އަވަށުގެ ނެރު ކަނޑައި ބޭނުން ކުރަން ފެށިތާ މިހާރު ވަނީ ތިން ހަފުތާއެއްހާ ދުވަސްވެފައެވެ. މިއީ އެ ނެރުގެ މައްޗަށް ދޯންޏެއް އުރުނު ފުރަތަމަ ފަހަރެވެ.

މިރޭ މި ހާދިސާ އާއިރު މިދިއަ ދެތިން ދުވަހުގެ ތެރޭގައި ކަނޑުމަތީގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައި ވެއެވެ.