އީޔޫ

އީޔޫއިން ވަކިވުމުގެ އަޑުތައް ގައުމުތަކުގައި ގަދަވާން ފަށައިފި

ޔޫރަޕްގެ އިއްތިހާދުން ވަކިވާން އިނގިރޭސި ވިލާތުން ނެގި ފެންނަ ނުފެންނަ ވޯޓް ކާމިޔާބުވުމުން، ބައެއް އެހެން ގައުމު ތަކުންވެސް އީޔޫއިން ވަކިވުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ޑިމާންޑް ކުރަން ފަށައިފި އެވެ. ޔޫރަޕްގ އިއްތިހާދުގެ މެންބަރުކަން އެންމެ ފަހުން ލިބުނު ގްރީކާއި ޑެންމާކާއި ސްވިޑެންގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގިނަ އެ ގައުމުތަކުން ވެސް އެ އިއްތިހާދުން ވަކިވުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާފައެވެ.

ސްވިޑެންގެ ސްވިޑިޝް ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ، ސްވިޑެން އީޔޫއިން ވަކިވުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ. ގްރީސްގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ އެގައުމުގެ ސަރުކާރަށް އެގޮތަށް އެދި ގޮވާލާފަ އެވެ. އަދި މިދިޔަ އަހަރުވެސް އެ އަޑުތައް ގްރީސްގައި ގަދަވެގެން ދިޔަ އެވެ.

ގްރީސްގެ ރައްޔިތުން ވަނީ އިނގިރޭސި ވިލާތުގެ ނިންމުމަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. ބައެއް މީހުން ބުނީ މިވަގުތަކީ އީޔޫއިން ވަކިވުމަށް ގްރީސްއަށްވެސް ލިބޭނެ އެނެމެ ރަނގަޅު ފުރުސަތު ކަމަށެވެ.

ޑެންމާކްގެ ވެސް ކަނާތު ފިޔައިގެ ޕާޓީތަކުން ވަނީ އެގައުމުގެ ސަރުކާރަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާފައެވެ.

މީގެ އިތުން ހަންގޭރީ އާއި ޗެކްރިޕަބްލިކުންގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެ ގައުމުތަކުގެ ރައްޔިތުންވެސް ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާފައެވެ.