ބޮލީވުޑް

ތުޝާރް ކަޕޫރަށް ކުއްޖަކު ލިބިއްޖެ!؟

Jun 28, 2016
2

ބޮލީވުޑްގެ ތަރި ތުޝާރް ކަޕޫރަކީ ދެހާހުގެ ކުރީކޮޅު ވަރަށް ވިދާލާފައިވާ ތަރިއެކެވެ، މިފަހަކަށް އައިސް ގިނައިން ކޮމެޑީ ފިލްމުތަކުން ފެނިގެންދާ ތުޝާރަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ލޯޕްރޮފައިލްކޮށް އުޅޭ އެކްޓަރެކެވެ.

މިހާތަނަށް ކައިވެންޏެއް ކޮށްފައިނުވާ ތުޝާރަށް މިވަނީ ސިއްރު މަންމައެއް މެދުވެރިކޮށް ފިރިހެން ކުއްޖަކު ލިބިފަ އެވެ.

ސަރްގޭޓް މަންމައެއް މެދުވެރިކޮށް އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ދަރިފުޅު، ލަކްޝްޔަ ކަޕޫރު ވިހާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ފުރަތަމަ ދަރިފުޅު އުފަންވުމުގެ އުފަލުގައި ތުޝާރް ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ ބައްޕަ އަކަށް ވުމީ ބޮޑު އުފަލެއް ކަމަށާއި ބައްޕަޔަކަށް ވުމަށް ބޭނުންވެގެން އޭނާ އުޅޭތާ މިހާރު ދުވަސްގަނޑެއް ވެފައިވާ ކަމަށް ބުނެފަ އެވެ.

ތުޝާރް އިތުރަށް ވަނީ ކައިވެންޏެއް ނުކޮށް ހުސްހަށިބައި ބައްޕަޔަކަށް ވެވުނީ ހެއްދެވިފަރާތުގެ ވާގިފުޅާއި ޖަސްލޮކް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގެ މޮޅު މެޑިކަލް ޓީމުގެ ސަބަބުން ކަމަށް ބުނެފަ އެވެ.