ރާއްޖެ ކުޅިވަރު

ޓީޓީގެ ރައީސް ކަމަށް އައްޔަ އިންތިހާބު ކޮށްފި

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް މިދިޔަ ދައުރުގެ ނައިބުރައީސް އަލީ ރަޝީދު އިންތިހާބުކޮށްފި އެވެ. އައްޔަ ރައީސް ކަމަށް އިންތިހާބު ކުރީ، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެ އެސޯސިއޭޝަންގެ ކޮންގްރެސްގައެވެ

ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ މިދިޔަ ދައުރުގެ އެކްސްކޯގެ އަންހެން މެންބަރުކަމުގެ މަގާމު ފުރުއްވި ޒުލައިހާ އިބްރާހީމެވެ. ހަޒާންދާރަކަށް އިންތިހާބުކޮށްފައިވަނީ، ކުރިންވެސް އެމަގާމު ފުރުއްވި އަހްމަދު ޝާޒިލްއެވެ.

މީގެ އިތުރުން އެކްސްކޯގެ އެހެން މަގާމުތަކަށް ބަލާއިރު، ފިރިހެން ކުޅުންތެރިންގެ ފަރާތުން އެކްސްކޯ ތަމްސީލު ކުރާ މެންބަރަކަށް ހޮވާފައިވަނީ އަލީ އާދަމް މަނިކެވެ. އަންހެން ކުޅުންތެރިންގެ ފަރާތުން އެކްސްގެ މެންބަރުކަމުގެ މަގާމަށް ހޮވިފައިވަނީ އައިޝަތު ނިޝާއެވެ. ބެލެނިވެރިންގެ ފަރާތުން އިންތިހާބުކޮށްފައިވަނީ އިބްރަހިމް ލަތީފްއެވެ. ކުލަބުތައް ތަމްސީލު ކުރާ މެންބަރަކަށް ހޮވިފައިވަނީ މަޝްހޫރު ޓީތީ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީއެވެ.