ހަބަރު

އީސީގެ ރައީސް އޭސީސީއަށް ހާޒިރުކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ސުލައިމާން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ހާޒިރުކޮށްފި އެވެ. އޭނާ އޭސީސީއަށް ހާޒިރުކޮށްފައިވަނީ މިއަދު އެވެ.

ސުލައިމާން އޭސީސީއަށް ހާޒިރުކޮށްފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މިވަގުތު ސުލައިމާނު އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރަމުންދާތީ އެ މައްސަލާގެ ތަފްސީލު އަދި ލިބޭ ގޮތެއް ނުވެއެވެ.

މީގެކުރިން ވެސް އީސީގެ ބައެއް މެންބަރުން އޭސީސީއަށް ހާޒިރުކޮށް، ސުވާލުކޮށްފައިވެ އެވެ.