ރާއްޖެ ކުޅިވަރު

އިސްކަން ދޭނީ އަތޮޅުތަކަށް ޓީޓީ ފުޅާ ކުރަން: އައްޔަ

Jun 28, 2016

ޓޭބަލް ޓެނިސްގެ އާ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، އަތޮޅު ތެރެއަށް ޓީޓީ ފުޅާ ކުރަން ކަމަށް ޓީޓީ އެސޯސިއޭޝަންގެ އާ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބު ވުމަށްފަހު "އަވަސް" އަށް ދެއްވި އިންޓަވިއުގައި އައްޔަ ވިދާޅުވީ ރާއްޖޭގައި ޓީޓީގެ ފޯރި ދެމެހެއްޓުމަށް އަތޮޅު ތެރޭގައި ޓީޓީގެ ޑިވްލަޕްމެންޓް ޕްރޮގްރާމްތަކަށް އިސްކަމެއް ދެއްވަން ޖެހޭ ކަމަށެވެ.

މުބާރާތްތަކުގައި ޓީމު އިވެންޓްތަކުންވެސް ކާމިޔާބު ހޯދަން، ގައުމީ ޓީމުތަކުގެ ކަންކަންވެސް ހަރުދަނާ ކުރުމަށް ވިސްނުންތަކެއް އެބަހުރި. އެކަމަށްވެސް ސަމާލުކަން ދޭނަން" އައްޔަ ވިދާޅުވިއެވެ.

މީގެ އިތުރުން "މިހާރަށް ވުރެ ބޮޑަށް ވައިޑީޕީ ޕްރޮގްރާމްތަކަށްވެސް އިސްކަމެއް ދީގެން މަސައްކަތް ކުރާނެ" ކަމަށްވެސް އައްޔަ ވިދާޅުވިއެވެ.

މީގެ ކުރިން އަވަސްއާ ވާހަކަ ދައްކަމުން އައްޔަ ވިދާޅުވީ އެކްސްކޯގައި ލަތީފު ނުހިމެނުނު ނަމަވެސް އޭނާގެ އހީތެރިކަން އެސޯސިއޭޝަންގެ މަސައްކަތައް ލިބޭނެ ކަމަށެވެ.